24 May 2017, 18:07
މައިކްރޮސޮފްޓާ ގުޅިގެން އުރީދޫއިން ތައާރަފުކުރި އަށް ގްލޯބަލް ޓެލެކޮމް ބިޒްނަސް (ޖީޓީބީ) އެވޯޑެއް ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު "ސަން"އަށް ވިދާޅުވި ގޮތުގައި، އުރީދޫ ސްމާޓް ކެމްޕަސްއަށް ޖީޓީބީ އެވޯޑު ލިބުނީ އިނޮވޭޝަން އިން އެންޓަޕްރައިޒް ކެޓަގަރީންނެވެ.
މި އެވޯޑާ އުރީދޫގެ ފަރާތުން ހަވާލުވެލެއްވީ ލަންޑަނުގައި ރޭ އޮތް ރަސްމިއްޔާތެއްގައި، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.
ޖީޓީބީ އެވޯޑަކީ ޓެލެކޮމް އިންޑަސްޓްރީގައި އެކި ފަރާތްތަކުން ގުޅިގެން ހިންގާ އެންމެ ކާމިޔާބު ޕްރޮޖެކްޓްތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.
މައިކްރޮސޮފްޓާ ގުޅިގެން ކްލައުޑް-ބޭސްޑް އެޑިއުކޭޝަން ސޮލިއުޝަން "އުރީދޫ ސްމާޓް ކެމްޕަސް" ތައާރަފުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މި ޚިދުމަތަކީ މައިކްރޮސޮފްޓުގެ ކްލައުޑް އެޕްލިކޭޝަނެއް ކަމުގައިވާ "މައިކްރޮސޮފްޓް އިން އެޑިއުކޭޝަން" ބޭނުންކޮށްގެން ދޭ ޚިދުމަތެކެވެ.
އެގޮތުން ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވައިދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ސްމާޓް ކެމްޕަސް ޚިދުމަތް އުރީދޫއިން ފޯރުކޮށްދެވެނީ ދަރިވަރުންނަށް ހިލޭ ޑޭޓާ ޕެކޭޖުވެސް ލިބޭ ގޮތަށެވެ. އަދި މި ޚިދުމަތް ބޭނުންކުރާ މުދައްރިސުންނާއި ދަރިވަރުންނަށް މައިކްރޮސޮފްޓުގެ ހިލޭ ލައިސެންސްވެސް ލިބެއެވެ.