24 May 2017, 09:22
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ނައިބު ރައީސް ވެންޗައި ޒަންގް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، އޭޑީބީގެ ނައިބު ރައީސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށް ޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވި އެވެ. އަދި އޭޑީބީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އޭޑީބީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.
އެ ބައްދަލުވުމުގައި، ރާއްޖޭގެ ތަފާތު ދާއިރާތައް އިތުރަށް ތަރައްގީކުރުމަށް ކުރިއަށް އޮތްތަނުގައި އޭޑީބީ އިން ދެއްވާނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
އޭޑީބީގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ ގުޅޭ ގޮތުން ރާއްޖެގައި ހިންގަން ރާވާފައިވާ މަޝްރޫޢުތަކަށް ތަޢުރީފްކުރައްވާ، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.