14:30


އިންޑިއާގެ ކުރީގެ ނައިބު ރައީސް ބައެރޯން ސިންހް ޝެކާވަތު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދ، އިންޑިއާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، އިންޑިއާގެ ރައީސާއަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ނައިބު ރައީސް ބައެރޯން ސިންހް ޝެކާވަތުގެ ޢާއިލާގެ މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ފޮނުއްވާފަ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބައެރޯން ސިންހްގެ ކުލަގަދަ އަދި ދިގު ސިޔާސީ ޙަޔާތްޕުޅުގައި، އިންޑިއާއަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.