12 Jul 2011, 13:36
00:00 މިވަގުތު ދަންވަރުގެ ސަޔާއި ކޮފީ ގެނެސް ކޮފީ ބޮނީ، އަދި މަޖިލީހުގެ ދޮރާށީގެ ބުޑުގައި ސަތަރި އަޅައިގެން ނިދުމާއި ސައި ބުއިމާއި ކުޅުމުގެ ބައިތައް ފެށިއްޖެ
23:06 މިވަގުތު އެއްބަޔަކު މަޖިލިސް ކައިރީގައި ސަތަރި އަޅައިގެން ނިދަން އޮށޯވެ ތިބި އިރު އަނެއް ބަޔަކު ތިބީ ތާސްކުޅޭށެވެ. ބައެއް ގްރޫޕްތައް ޖޯކް ކިޔައި ދެމުން ވެސް އެބަދެ އެވެ.
22:58 މަޖިލިސް އިދާރާގެ ދޮރުމަތީގައި ސަތަރި އަޅައިގެން ބައެއް މީހުން ނިދަން ޖައްސާލައިފި
21:51 މަޖިލިސް ކައިރީ މުޒާހަރާކުރަމުންދާ މީހުންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ ވިދާޅުވަނީ، މަޖިލީހުގެ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް. އަދި ޖަލްސާ ބޭއްވިއްޖެ ނަމަ ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ހުރިހާ ބިލެއް މިރޭ ފާސްކޮށް ތަސްދީގުކުރަން ފޮނުއްވާނެ ކަމަށް މޫސަ ވިދާޅުވި.
http://www.youtube.com/watch?v=LBy6g-4gOfE&feature=youtube_gdata_player
21:48 މިރޭ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާނެ ކަމަށާއި ދެން ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ކަމަށް އަމީން އާއްމު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ، އެޖަލްސާގެ އެޖެންޑާވެސް މިހާރު ނެރެފައިވާ ކަމަށް.
20:34 މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރޫޕްގެ ރައީސް އިބޫ ހިމެނިވަޑައިގަންނަވާތީ، އޭނާ ރިޔާސަތުގައި އިންނަވައިގެން މިރޭ ޖަލްސާ ބާއްވާނެ ކަމަށް އެ ގްރޫޕްގެ ނައިބު ރައީސް ވިދާޅުވެއްޖެ.
20:22 މެމްބަރު މުއްތޮލިބު އަރުވައިގެން ދިޔަ ފުލުހުންގެ ޖިޕަށް އެމްޑީޕީގެ ސަޕޯޓަރުން ހަމަލާދީފި. މަޖިލިސް ކައިރި އަނެއްކާ ހޫނުވެ، އެމްޑީޕީ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ.
20:03 އެމްޑީޕީ ސަޕޯޓަރުންނަށް އެ ސަރަހައްދުގައި ބުފޭ ހަދައިފި.
20:00 އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފަ ނޫނީ ވަޑައިނުގަންނަވާނެ ކަމަށް ރީކޯ މޫސަ ކުޑައިރުކޮޅެއް ކުރިން ވިދާޅުވެއްޖެ. ރިޔާސަތުގައި އިންނަވާނީ އަލިބެ ކަމަށް ވެސް ވިދާޅުވި. ނަމަވެސް، މަޖިލީހުގެ އަމީން އާއްމު ދެންމެ ވިދާޅުވީ، ޖަލްސާއެއް ބާއްވަން މިރޭ ހަމެޖެހިފައެއް ނެތް ކަމަށް.
19:44 މަޖިލީހުން ސަލާމަތުން ނެރެން ބޭނުންވި އިދިކޮޅު މެމްބަރުން ނެރެވިއްޖެ ކަމަށް ބުނެ އިދިކޮޅު މެމްބަރުން އެ ސަރަހައްދުން ދުރަށް ގޮސްފި. އެމްޑީޕީގެ ސަޕޯޓަރުންތަކެއް އަދިވެސް މަޖިލިސް މައިގޭޓް ކައިރީ ތިބެ އަޑުގަދަކުރަމުންދަނީ. އެ ސަރަހައްދުގައި ތިބި ފުލުހުންގެ އަދަދުވެސް މަދުވެއްޖެ.
19:33 ޒެޑް ފެކްޝަނުގެ އެކްޓިވިސްޓުންގެ އެހީތެރިކަމުގައި އިދިކޮޅު ބައެއް މެމްބަރުން ގެއަށް ވަޑައިގެންފި. އޭގެ ތެރޭފައި އަބްދުއް ރަހީމް އަބްދުﷲ އާއި މެމްބަރު އަހްމަދު ރަޝީދާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި ރިޔާޒް ރަޝީދުވެސް ހިމެނޭ.
19:16 މަޖިލިސް ސަރަހައްދުން ދެ ޕާޓީގެ ސަޕޯޓަރުން އަދިވެސް ދުރަށް ނުގޮސް އެބަތިބި. ފުލުހުން ވެސް އެ ސަރަހައްދުގައި އެބައުޅޭ. ބައެއް މަޖިލިސް މެމްބަރުން އަދިވެސް އެތެރޭގައި. އިދިކޮޅު މެމްބަރުން މަޖިލީހުން ކުމެވަޑައިނުގެންފިނަމަ ގަދަކަމުން ނެރޭނެ ކަމުގެ އިންޒާރު އެމްޑީޕީ ސަޕޯޓަރުން އެބަދޭ.
17:43 މަޖިލިސް ފުރަގަހުގައި އެއްވެ ތިބި މީހުންނަށް ފުލުހުން އިންޒާރުދެމުން އެބަދޭ.
17:34 މަޖިލިސް ކައިރީ ޒެޑްފެކްޝަނުގެ އެކްޓިވިސްޓުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ކުރަމުންދާ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހައި ދެބައި މީހުން ދުރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
17:34 ފުލުހުންގެ ހިމާޔަތުގައި މެންބަރުން ބޭރަށް ނެރެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުން އަރައިގަނެ އެކަން ހުއްޓުވައިފި
17:27 މަޖިލީހުގެ ގޯތިތެރޭގައި ތިބި ބައެއް މެންބަރުން ފުލުހުންގެ ހިމާޔަތުގައި ބޭރަށް ނެރެމުން އެބަދޭ. މިހާރު ރެޑްވޭވް ސަލީމާއި މާވަށު އަޒީ ނެރެދީފި. ފުލުހުން އެބޭފުޅުން ބޭރަށް ނެރެ ދިނުމުން ގެއަށް ވަޑައިގަންނަވަނީ އަމިއްލަ ފުޅަށް
17:09 މަޖިލިސްގެ މެންބަރުންނަށް ސަޔާއި ކެއުމުގެ ހިދުމަތްދޭ ބްރަދާސް ކެޓަރިންގެ ޖީޕް އެ ސަރަހައްދަށް ދިއުމުން އެމްޑީޕީގެ އެކްޓިވިސްޓުން ފަހަތަށް ޖައްސައި ބޭރުކޮށްލައިފި.
16:59 މިހާރު ދެފަރާތުގެ އެކްޓިވިސްޓުން ވެސް މަދުވާން ފަށައިފި. މިވަގުތު ހަމަނުޖެހުމެއް ނެތް.
16:19 އަޑުގަދަކުރާ ހަރުކޮށްފައި ހުރި ޕިކަޕެއް މަޖިލިސް މައި ދޮރާށި ކުރިމަތީ. އޭގައި ތިބީ އެމްޑީޕީ ސަޕޯޓަރުން. އެމީހުން ގެންދަނީ އިދިކޮޅު މެމްބަރުންނަށް ފާޑުކިޔަމުން.
15:59 ސެކިއުރިޓީއަކަށް ހުރި ސިފައިންގެ މީހެއްގެ ގައިގައި އެއްލި އެއްޗަކުން ޖަހައިފި. އެނާއަށް އަނިޔާވެގެން އެތެރެއަށް ވައްދައިފި
15:46 އަޑުގަދަ ކުރާއިން އަދިވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ މަޖިލިސް ކުރިޔަށް ގެންގޮސްފައި ނޫނީ ހުއްޓައި ނުލާނެ ކަމަށް.
http://www.youtube.com/watch?v=fqjQ2JWpB7U&feature=youtube_gdata_player
15:46 މާރާމާރީ ހިންގަމުން ދިޔަ މީހުން ފަހަތަށް ޖައްސައި ފުލުހުންގެ ސަފެއް ދެމެދަށް ވަދެއްޖެ
15:44 މަޖިލީހުގެ މައި ދޮރާށި ކުރިމަތީގައި އެމްޑީޕީއާ ޒެޑްފެކްޝަންގެ އެކްޓިވިސްޓުން މާރާމާރީ ހިންގަމުން އެބަދޭ. ބައެއް މީހުންނަށް އަނިޔާވެއް ވެސްޖެ . ކޮންޓްރޯލް ކުރެވޭތޯ ފުލުހުން މަސައްކަތް ކުރަނީ
15:33 މަޖިލީހުގެ ތިން ގޭޓް ވެސް މިހާރު ވަނީ އެއްވެ ތިބި މީހުންގެ ކޮންޓްރޯލްގައި ބަންދުކޮށްފައި. އައިސްކޯނާ ދިމާއަށް ހުންނަ ގޭޓްގައި ތިބީ ޒެޑްފެކްޝަންގެ އެކްޓިވިސްޓުން. އަނެއް ދެ ގޭޓްގައި އެމްޑީޕީގެ އެކްޓިވިސްޓުން. މުޅި ސަރައްދަށް ފެތުރިފައި ވަނީ ވަނަމުން ގޮވުމާއި ހުތުރު އެއްޗެހީ އަޑުތައް
15:31 މަޖިިލީހުގެ ނައިބު ރައީސް ނާޒިމްގެ ކާރުކޮޅު ނެރުނު ނުދީ ހިފެހެއްޓުމަށް އެއްވި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންނަށް ރީކޯ މޫސާ މަނިކު އަންގައިފި
15:27 ކުޑައާ ދިމާއަށް ހުންނަ ގޭޓާ ދިމާއިން އަނެއްކާވެސް އެއްޗެހި އުކަން ފަށައިފި. ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނީ ފަހަތަށް ޖެއްސޭތޯ. ކޮންޓްރޯލް ކުރާއިރަށް އެހެން ދިމާއަކު ހަމަނުޖެހުންތައް އުފައްދާ
15:26 ޒެޑް ފެކްޝަނުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުންދާއިރު އެމްޑީޕީން މައުމޫނަށް ވަނަންތައް ގޮވަނީ
15:24 އެއްވި މީހުން ހަލާކުކޮށްލީ މަޖިލީގުގެ ގޯތީގެ ކުޑަދޮށު ސަރަހައްދާ ދިމާއަށް އިންނަށް ގޭޓް. ގަލާއި ފުޅި އަދިވެސް އުކަމުން ދަނީ
15:22 އިލްހާމް ދެންމެ ނުކުމެ ވަޑައިގެންނެވިތަނުން އެއްލި ގާބުރިއަކުން އޭނާގެ ގައިގައި ނުޖެހުނީ ކިރިޔާ. އަދިވެސް ހަމަނުޖެހުންތައް ކުރިޔަށް ދަނީ.
15:21 ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، މިއަދުގެ ޖަލްސާ ނިމުނު ވަގުތު އެމްޑީޕީގެ މެންބަރުން ދުވެފައިގޮސް މަޖިލީހުގެ ދޮރުތައް ލައްޕައި މަޖިލިސް ހިސޯރު ކުރެއްވީ ކަމަށެވެ. އަދި އެ މެންބަރުން ތިއްބެވީ ދޮރު ތަކުގައި ގޮނޑިތައް ލައްކުރައްވައިގެން އެކި ދޮރުތައް އެކި މެންބަރުން ބަލަހައްޓަވާގޮތަށް އެތުރިގެން ކަމަށް ވެސް އޭނާ ވިދާޅުވި. އަދި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ނިކުންނެވުމަށް މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެންބަރަކު ނާޒިމަށް ހަމަލާދީފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި
15:18 ބަންދުކޮށްފައިވާ ދޮރުތައް ހުޅުވައިފައި ވީނަމަވެސް އެމްޑީޕީގެ މެންބަރުން ބުނަނީ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ނުވަނީ ދޫނުކުރާނެ ކަމަށް. މެންބަރުންތައް ތަޅުމުން ބޭރަށް ނުކުމެ ވަޑައިގެން އެބައުޅުއްވާ. ވެރޭ ވެހެމުންދާތީއާއެކު ހަމަނުޖެހުންތައް މިވަގުތަށް ވަނީ ހުއްޓިފައި. އެއްވެފައިވާ މީހުން ތިބީ އެކި ދިމަދިމާއަށް ބެހިފައި
15:09 މަޖިލީހުގެ އިދާރާގެ ގޭޓް ހަލާކުކޮށްލައި ބައެއް މީހުން ވަދެގެންފި. ފުލުހުންނާއި ސިފައިންނަށް ވެސް ވަނީ ކޮންޓްރޯލް ނުކުރެވިފައި. ޒެޑް ފެކްޝަނާއި އެމްޑީޕީގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަމުން އެބަދޭ. ފުޅިއާއި އެހެނިހެން ތަކެތި އުކަމުން ދަނީ
15:54 މުޒާހަރާ ކުރުން ހައްތާ ދަނީ ގަދަވަމުން. ބައެއް ފަރާތްތަކުން އަދިވެސް ތިބީ ފާރު މައްޗަށް އަރާ
14:54 ތަޅުން ހިސޯރު ކުރި ނަމަވެސް ޑީއާރްޕީގެ ބައެއް މެންބަރުން ދެންމެ ނުކުމެއްޖެ.
14:54 މަޖިލީހުގެ ގޯތިތެރެއަށް ފުޅިވެސް އުކަމުން އެބަދޭ.
14:53 އަޑުގަދަ ކުރާއިން މޫސަ ވާހަކަފުޅު ދައްކަވަނީ. އޭނަ ވިދާޅުވަނީ ތިން ދުވަސްވިއަސް މަޖިލީހުގެ ތަޅުން ދޫކޮށްލާނީ ޖަލްސާއެއް ބޭއްވޭ ގޮތް ވުމުން ކަމަށާއި ތަޅުން ހިސޯރުކޮށްފައި ވަނީ ރައްޔިތުންނަށްޓަކައި ކަމަށް
14:50 މަޖިލީހުގެ އެތެރެއިން ލިބޭ ބައެއް މައުލޫމާތުތައް ބުނާ ގޮތުން ހިސޯރުކޮށްފައިވާ ތަޅުމުގައި ބައެއް މެންބަރުން ނަމާދަށް ވެސް އެބަތިއްބެވެ. އަދި ބައެއް މީހުން ބަރުން ތިއްބެވީ ދޮރުތައް މަތީގަި ގޮނޑި އަޅުއްވައިގެނެވެ.
14:45 ޑީއާރްޕީގެ ޒެޑްފެކްޝަނަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކުވެސް މަޖިލިސް ކައިރިއަށް ޖަމާވެއްޖެ އެވެ. ނަމަވެސް ފުލުހުން މަގުތައް ބަންދުކޮށްފައިވާތީ އެމީހުންނަށް ވަދެވޭ ގޮތެއް ނުވެ އެވެ. މަޖިލިސް ކައިރީގައި މިވަގުތު ހަމަނުޖެހުންތައް ވަނީ މައިތިރިވެފަ އެވެ.
2:42 ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ދެންމެ ވިދާޅުވީ ނައިބު ރައީސް އަހުމަދު ނާޒިމަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި މަޖިލީޙުގެ ތަޅުމުން ނުކުންނަން މަސައްކަތް ކުރުމުގެ ތެރޭގައި މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ތަޅުން ހިސޯރުކޮށްފައިވާ ކަމަށާއި ތަޅުން ދޫކޮށްލާނީ ޖަލްސާތައް ކުރިޔަށް ގެންދެވޭ ގޮތް ވުމުން ކަމަށެވެ.
2:26 އިށީންދެ ތިބި މީހުން ފާރުތައް މައްޗަށް އަރައި މަޖިލީހުގެ އިދާރާގެ ގޯތިތެރެއަށް ވަންނަން މަސައްކަތް އެބަކުރޭ. ފުލުހުންނަށް ވަނީ ކޮންޓްރޯލް ކުރަން އުނދަގޫވެފައި.
2:24 ފުލުހުން ނާއި އެއްވެފައިވާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އެބަދޭ. ބައެއް މީހުން ބައެއް ފުލުހުންގެ ގަޔަށް އަތްލައިވެސް ހަދައިފި.
2:22 އެމްޑީޕީ އަށް ތާޢީދުކުރާ ފަރާތްތަކުން ގޮވަމުންދަނީ ރިޔާސަތުން ނަން އިއްވި ދެ މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފް އާއި، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު މަޖިލީހުން ނިކުމެވަޑައިގަތުމުން ކަމަށް
2:20 ސްޓާފޯސް އިން ފޯރި މަރަން ފަށައި މީހުން ދުރަށް ލެވޭތޯ މަސައްކަތް ކުރަނީ. އަދިވެސް މީހުން ދަނީ އިތުރުވަމުން.
2:14 ފުލުހުންގެ ފައުޖެއް މަޖިލިސްގެ އިދާރާގެ ކައިރީގައި ހަރަކާތްތެރިވާން ފަށައިފި. ހާލަތަކަށް ބަދަލެއް ނާދޭ. ޒެޑްފެކްޝަންގެ ބައެއް މީހުން ވެސް މަޖިލިސް ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށްވޭ.
2:05 ޑީއާރްޕީގެ ބައެއް މެންބަރު ބުނާ ގޮތުން މުޅި މަޖިލީހުގެ ތަޅުން އެމްޑީޕީ އަދިވެސް ވަނީ ހިސޯރުކޮށްފައެވެ. އެއްވެސް މެންބަރަކަށް ނުނުކުމެވެނެ ގޮތަށް ދޮރުތައް ވަނީ ބަނދުކޮށް ގޮނޑިޖައްސައިފަ އެވެ.
2:03 މުޒާހަރާ ކުރާ މީޙުންގެ ގިނަ ބަޔަކު ތިބީ މަޖިލިސް ކުރިމަތީގައި އިށީންދެގެން.
2:01 އެއްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން މަޖިލީހުގެ އިދާރާއިގެ ގޭޓަށާއި ފާރު މައްޗަށް އަރައިގެން ވެސް އެބައުޅޭ. ސަރަހައްދުގައި ފުލުހުން ވަރަށް މަދު
1:59 މަޖިލިސް ކައިރިއަށް އެއްވި މީހުން ނާޒިމްގެ އިސްތިއުފާއަށް ވެސް ގޮވަމުން އެބަދޭ. ފުލުހުން ދަނީ ނަސޭހަތް ދީ އެ ސަރަހައްދު ދޫކޮށްލުމަށް އަންގަމުން.
1:55 އެމްޑީޕީގެ މެންބަރުން ތިއްބެވީ މަޖިލީހުގެ ތަޅުމުގެ ދޮރުމަތީގައި ގޮނޑި ބަހައްޓަވައިގެން ކަމަށްވޭ.
1:51 މަޖިލީހުގެ ނައިބު ރައީސް ތަޅުމުން ނުކުމެވަޑައިގަތަ ނުދިނުމަށް ހުރަސް އެޅުމުގެ ގޮތުން ނައިބު ރައީސް ނައިބު ރައީސް އަހުމަދު ނާޒިމުގެ ގައިކޮޅުގައި އެމްޑީޕީގެ މެންބަރަކު އަތްލި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ޔަގީނެއް ނުވެއެވެ.
މަޖިލިސް ކުރިޔަށް ނުގެންގޮސް މަޖިލީހުގެ އެއްވެސް މެންބަރަކަށް ނުނުކުމެވޭނެ ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރު ބަންދުކޮށްފި އެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ މަޖިލިސްގެ ޖަލްސާ ހުއްޓައި ނުލެވޭނެ ކަމަށާއި މަޖިލިސް ކުރިޔަށް ނުގެންގޮސް މެންބަރުންނަށް ނުނުކުމެވޭނެ ކަމަށެވެ.
"މަޖިލިސް ކުރިޔަށް ދާންޖެހޭނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ތިން ބޭފުޅުންނަށް ކޮންމެ ދުވަހަކު މަޖިލިސް ހުއްޓުވައިލެވެނެ ކަމަކަށް،" އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.
މަޖަލިސްގެ އިދާރާގެ ކައިރީއަށް އެމްޑީޕީގެ އެކްޓިވިސްޓުން އެއްވެސް ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ.