12 Jul 2011, 13:35
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން (ޑީޕީއާރުއެސް) ގެ ސުޕްރިޓެންޑެންޓް އޮފް ޕެނިޓެންޝަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމަގާމަށް އައްޔަން ކުރެއްވީ ކުރިން ސިފައިންގެ ފަސްޓް ލެފްޓިނަންޓަކަށް އުޅުއްވި އަބްދުﷲ މުނާޒު ކަމަށާއި އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެއް ކަމަށެވެ.
މުނާޒަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑު ޑިރެކްޓަރު ދިޔާނާ ތޯހިރުގެ ފިރިމީހާ އެވެ.