12 Jul 2011, 11:19
އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ތަރި، އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗް ޑިއޭގޯ މެރަޑޯނާ އާޖެންޓީނާގެ ބިއުނޮސް އޭރީސްގައި ނުރައްކާތެރި ކާރު އެކްސިޑެންޓެއްވެ އަނިޔާތަކުން ސަލާމަތްވެއްޖެ އެވެ.
އުމުރުން 50 އަހަރުގެ ކުރީގެ ފުޓްބޯޅަ ތަރި މެރަޑޯނާ އާއި އޭނާގެ ބައިވެރިޔާ ވެރޯނިކާ އޮޖޭޑާ ހޮސްޕިޓަލަށް ގެނގޮސްފައިވަނީ މެރަޑޯނާ ދުއްވަންއިން ކާރު ބަހެއްގައި ޖެހިގެންކަމަށް ރިޕޯޓްތަކުން ބުނަމުންދެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި އެކްސިޑެންޓްވެފައި ވަނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާއާއި ކޮސްޓަރިކާ ބައްދަލުކުރިން މެޗްގެ ކުރިންނެވެ.
މެރަޑޯނާގެ ކަކުލަށާއި އޮޖޭޑާގެ އަރިކައްޓަށް ގެއްލުންލ ިބުންކަމަށް މެރެޑޯނާ ބުނިނަމަ ވެސް އެއްވެސް މައްސަލައެއް ނޫޅޭކަމަށް ހޮސްޕިޓަލް ޑިއެޒޭޒާގެ ޑިރެކްޓާ އޮސްކާ ސިކޯ ބުނެފައިވެ އެވެ.
"އެމީހުންގެ ހާލު ރަނގަޅު. އެމީހުން ހޮސްޕިޓަލަށް އައީ އަމިއްލައަށް. އެއްވެސް އަނިޔާއެއް ލިބިފައެއް ނެތް. އެމީހުންނަށް މިހާރު ގެއަށް ދެވޭނެ،" އޮސްކާ ސިކޯ ބުންޏެވެ.
މިއެކްސިޑެންޓް ހިނގަން ދިމާވި ސަބަބު އާޖެންޓީނާ ފުލުހުން މިހާރުދަނީ ތަހުގީގުކުރަމުންނެވެ. މެރަޑޯނާވަނީ އޭނާގެ ކެޕްޓަން ކަމުގައި 1986 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދީ ފަ އެވެ. ދުނިޔޭގެ ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަކީ މަރަޑޯނާ އެވެ.