20 May 2017, 10:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 30 މިނެޓެއްހާއިރަށް ކަރަންޓް ކެނޑުމަށް ފަހު އަނބުރާ ކަރަންޓްދީފި އެވެ.

މިއަދު ހެނދުނު 9:00 ޖަހާއެހާކަންހާ އިރު އެއެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި އެއާޕޯޓް ހުއްޓުމަކަށް އައި އިރު އެމްއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި އަނބުރާ ކަރަންޓް ދީ ހިދުމަތް ދޭ ފަށާފައި ވަނީ 30 މިނެޓެއްހާ އިރުފަހުންނެވެ.
ކަރަންޓް ކެނޑުމާ އެކު ފުރަންގޮސްތިބި އެތައް ބަޔަކު ޗެކިން ނުވެވި ވަނީ ގިނައިރުތަކަކަށް މަޑުކުރަންޖެހިފަ އެވެ.

މީގެ ކުރިން ވެސް އެއާޕޯޓްގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެ އެވެ.