20 May 2017, 08:45
މިދިޔަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު 'އޭ ދިލް ހޭ މުޝްކިލް'، ކުރިއަށް އޮތް އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ ގިނަ ކެޓަގަރީތަކަކުން އެވޯޑަށް ނޮމިނޭޓް ވެއްޖެ އެވެ.
އަށާރަ ވަނަ އައިފާ އެވޯޑުގެ ޖުމްލަ އަށް ކެޓަގަރީ އަކުން އެ ފިލްމު ވަނީ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައި ވަނީ 'އެމް.އެސް. ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އެވެ. އެ ފިލްމަށް ޖުމްލަ ހަތް ނޮމިނޭޝަން ލިބިފައިވެ އެވެ.
ހުކުރު ދުވަހު ހާމަކޮށްފައިވާ ނޮމިނޭޝަންތަކަށް ބަލާއިރު އެންމެ މޮޅު ފިލްމަށް ވާދަ ކުރަނީ 'އޭ ދިލް ހޭ މުޝްކިލް'، 'ނީރްޖާ'، 'އުޅްތާ ޕަންޖާބް'، 'އެމް.އެސް. ދޯނީ: ދި އަންޓޯލްޑް ސްޓޯރީ'، 'ސުލްތާން' އަދި 'ޕިންކް' އެވެ.
އެވޯޑުތަކަށް ވޯޓު ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވޯޓު ބަލައިގަންނާނެ އެވެ.
އެވޯޑުގެ ނޮމިނޭޝަންތައް:
އެންމެ މޮޅު އެކްޓަރު (ފިރިހެން)
ޝާހިދު ކަޕޫރު (އުޅްތާ ޕަންޖާބް)
ރަންބީރު ކަޕޫރު (އޭ ދިލް ހޭ މުޝްކިލް)
ޝާހްރުކް ޚާން (ފޭން)
އަމީތާބް ބައްޗަން (ޕިންކް)
ސުޝާންތު ސިންގ ރާޖްޕުތު (އެމްއެސް ދޯނީ)
ސަލްމާން ޚާން (ސުލްތާން)
އެންމެ މޮޅު އެކްޓަރު (އަންހެން)
އަނުޝްކާ ޝަރްމާ (އޭ ދިލް ހޭ މުޝްކިލް)
އާލިއާ ބަޓް (އުޅްތާ ޕަންޖާބް އަދި ޑިއާ ޒިންދަގީ)
ސޯނަމް ކަޕޫރު (ނީރްޖާ)
ތާޕްސީ ޕަންނޫ (ޕިންކް)
އެންމެ މޮޅު ޑައިރެކްޓަރު
ކަރަން ޖޯހަރު (އޭ ދިލް ހޭ މުޝްކިލް)
ނީރަޖް ޕާންޑޭ (އެމް.އެސް. ދޯނީ)
ރާމް މާދްވާނީ (ނީރްޖާ)
އަނިރޫދާ ރޯއީ ޗޯދުރީ (ޕިންކް)
އަލީ އައްބާސް ޒަފަރު (ސުލްތާން)
އަބީޝެކް ޗައުބޭ (އުޅްތާ ޕަންޖާބް)
އެންމެ މޮޅު ކޮމީޑިއަން
ވަރުން ދަވާން (ދިޝޫމް)
ޖިމީ ޝާގިލް (ހެޕީ ބާގް ޖާއެގީ)
ރިޝީ ކަޕޫރު (ކަޕޫރު އެންޑް ސަންސް)
އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލަކުން)
ނީލް ނިތިން މުކޭޝް (ވާޒިރު)
ޝާހް ރުކް ޚާން (ފޭން)
ޖިމް ސަރްބް (ނީރްޖާ)
އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން)
ރަޖަތު ކަޕޫރު (ކަޕޫރު އެންޑް ސަންސް)
ރާޖްކުމާރު ރާއޯ (އަލީގަރް)
ރިޝީ ކަޕޫރު (ކަޕޫރު އެންޑް ސަންސް)
އަނުޕަމް ޚެއިރު (އެމް.އެސް. ދޯނީ)
އަމީތާބް ބައްޗަން (ވާޒިރް)
އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)
ޝަބާނާ އަޒްމީ (ނީރްޖާ)
އަންޑްރިއާ ތާރިއަންގް (ޕިންކް)
ރަތުނާ ޕާޓަކް ޝާހް (ކަޕޫރު އެންޑް ސަންސް)
ދިޝާ ޕަޓާނީ (އެމް.އެސް. ދޯނީ)
ރިޗާ ޗައްޑާ (ސަރްބްޖީތު)
އެންމެ މޮޅު މިޔުޒިކް
ޕްރިތަމް (އޭ ދިލް ހޭ މުޝްކިލް)
އަމާލް މަލިކް، ރޯޗަކް ކޯލީ (އެމްއެސް ދޯނީ)
އަމިތު ތްރިވޭދީ (އުޅްތާ ޕަންޖާބް)
އެންމެ މޮޅު ލިރިކްސް
އަމީތާބް ބަޓަޗާރިއާ (ޗަންނާ މޭރޭޔާ، އޭ ދިލް ހޭ މުޝްކިލް)
ގުލްޒާރް (އާވޭ ރޭ ހިޗްކީ، މިރްޒިޔާ)
ތަންވީރް ގާޒީ (ތޫ ޗަލް، ޕިންކް)
އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން)
އަރިޖީތު ސިންގ (ޗަންނާ މޭރޭޔާ)
އަމިތު މިޝްރާ (ބުލެޔާ)
ދިލްޖީތު ދޯސަންޖް (އިކް ކުޑީ)
އަރްމާން މަލިކް (ބޭސަބްރިޔާން)
އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން)
ކަނިކާ ކަޕޫރު (ދާ ދާ ދައްސޭ)
ނޭހާ ބާސިން (ޖަގް ގޫމެޔާ)
ތުލްސީ ކުމާރް (ސޯޗް ނާ ސަކޭ)