ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ކަމަށް އިސްމާއީލް އައްޒާމް ވަޖީހު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް އެ އެޖެންސީގެ ސީއީއޯ ކަމުގައި ހުންނެވި މުޖުތަބާ ޖަލީލު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ރައީސް ޔާމީން ބަދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މި ބަދަލު ގެންނެވީ ކީއްވެގެން ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.