17 May 2017, 21:51
މިމަހުގެ 19 ވަނަ ދުވަހު ފަށާ ފަސް ވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ވާދަވެރި އިންޑިޔާއާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެއެވެ.
އިންޑިޔާއާ ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 21:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މި މުބާރާތުގައި ރާއްޖެއާ އެއް ފެންވަރުގެ ޓީމްތައް ވާދަކުރާއިރު އެންމެ ބަލިކުރަން އުނަދަގޫ ވާނެ ޓީމެއް ގޮތުގައި ފާހަގަވެފައިވަނީ އިންޑިޔާއެވެ.
ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިން ބުނެފައިވަނީ މުބާރާތުގައި އިންޑިޔާ ނޫން އެހެން ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ފަސޭހަވާނެ ކަމަށާއި ނަމަވެސް އިންޑިޔާ ބަލި ކުރަން އުނދަގޫ ވާނަކެމަށެވެ. ނަމަވެސް ސަޕޯޓަރުންގެ އެހީ ލިބިގެން އިންޑިޔާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައުމީ ބާސްކެޓް ޓިމުންވަނީ ބުނެފައެވެ.
މި މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 21:00ގައި އެ މެޗު ކުޅޭއިރު އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި އަވަށްޓެރި ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އަންނަ އަންގާރަދުވަހުގެ ރެއެވެ.
މުބާރާތުގެ ޝެޑިއުލް

ފަސް ވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޝެޑިއުލް--