އަޒަރްބައިޖާންގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލުން ޖާގައެއް، ރާއްޖޭގެއެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ކަށަވަރުކޮށްފިއެވެ.

ސެމީ ފައިނަލުގައި ވާދަކުރީ ހަސަން ސާއިދާއި ސަރީސް އަހްމަދެވެ.

ސެމީފައިނުލަގައި ސާއިދަށް ލިބިފައިވަނީ ރޭހުގެ ތިންވަނައެވެ. އޭނާ ރޭސް ނިންމީ 21.30 ސިކުންތުންނެވެ. އޭނާއަށް ވުރެ އަވަހަށް ރޭސް ނިންމައިގެން ސެމީގެ ދެވަނަ ލިބުނީ ތުރުކީގެ ގުލީވް ރާމިލްއަށެވެ. އޭނާ ރޭސް ނިންމީ 20.99 ސިކުންތުންނެވެ. އަދި ސެމީގެ އެއްވަނަ އަށް ދިޔައީ ޖޯޖް ވިންސްޓަންއެވެ. އޭނާ ރޭސް ނިންމީ 20.87 ސިކުންތުންނެވެ.

ސެމީގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިއާ ސަރީސް އަހްމަދަށް ލިބުނީ އަށްވަނައެވެ. އޭނާއަށް ރޭސް ނިންމުނީ 23.15 ސިކުންތުންނެވެ.

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގެ ސެމީން ތިންވަނަ ސާއިދު ހޯދިއިރު އޭނާވަނީ 100 މީޓަރު ދުވުމުން ހަތަރުވަނަ ހޯދައިފައެވެ.

ސާއިދު ވާދަކުރާ 200 މީޓަރު ދުވުމުގެ ފައިނަލް އޮންނާނީ މަދަމާ ރާއްޖެގަޑިން އިރުއޮއްސި 18:55 ގައެވެ.