އެމްޓީސީސީގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ބާއްވާ މާދަމާރޭ އޮންނާނެއެވެ.

ހޮޓެލް ޖެންގެ ބޯލްރޫމްގައި އޮންނަ ޖަލްސާ ފަށާނީ މާދަމާރޭ 9:00 ގައެވެ. އެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ނަން ނޯޓުކުރުން މާދަމާރޭ 8:00 އިން 8:45 އަށް ހޮޓެލް ޖެންގައި ކުރިޔަށް ދާނެއެވެ.

ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި އެޖެންޑާގައި ކުންފުނީގެ ހިއްސާގެ މޫނުމަތީ އަގު ދެބައިކުރުމަށް އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހު ހިމެނޭ ގަރާރު ހުށަހެޅުން އޮންނާނެއެވެ. އެއަށްފަހު ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް ރައިޓްސް އިޝޫގެ ދަށުން އިތުރު ހިއްސާއެއް ގަތުމުގެ ދައުވަތު ދިނުމަށްވެސް ގަރާރެއް ހުށަހަޅާނެއެވެ.

އެމްޓީސީސީއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފައެވެ.

އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.