ކުރިއަށް އޮތް ރޯދަމަހުގެ ރޯދަވީއްލުންތަކަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ތަކުގައި ތައްޔާރުކުރާ ރޯދަ މެނޫތައް ސަންގައި އިސްތިހާރުކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެންމެ ގިނަބައެއްގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ މީހުން ވަންނަ އޮންލައިން ނޫސްކަމަށްވާ ސަން އިން މިފަހަރުވެސް ރޯދަމަހަށް ހާއްސަކޮށްގެން "ރޯދަ ޕޭޖް"ގެ ނަމުގައި ޚާއްސަ ޕޭޖެއް ކިޔުންތެރީންނާ ހަމައަށް ގެނެސްދޭނެއެވެ. އެގޮތުން، އެ ޕޭޖްގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް ތަކުން ރޯދަމަހަށް ހާއްސަކޮށްގެން ތައްޔާރުކުރާ ތަފާތު ރޯދަމެނޫތައް، ފަސޭހަކަމާއެކު ހިމެނުމުގެ ފުރުސަތު މިހާރު ވަނީ، ހުޅުވާލެވިފައެވެ.

މިކަމާ ގުޅޭގޮތުން ސަންގެ ސީއޯއޯ މިންހާ ފާއިޒް (މިންނު) ވިދާޅުވީ، ސަންގެ ރޯދަ ޕޭޖްގައި ރޯދަ މެނޫތައް ޝާއިއުކުރަން ބޭނުންފުޅުވާ ފަރާތްތަކުން، މިހާރުވެސް ސަންގެ މާކެޓިން ޓީމާ ގުޅުއްވައިގެން އެކަން ކުރިއަށް ގެންދެވޭނޭ ކަމަށެވެ.

"ރޯދަމަހަކީ ވަރަށް ޚާއްސަ މަހެއް. އެގޮތުން، މިހާރު ވަރަށް އާންމުކަމެއް އާއިލާތައް އެކުގައި ރޯދަ ވީއްލުމަށްޓަކައި ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ. އަޅުގަނޑުމެން މިބަލަނީ އެފަދަ ފަރާތްތަކަށް ފަސޭހަކަމާއެކު ރަނގަޅު މެނޫއެއް އިހުތިޔާރުކުރުމުގެ މަގު ތަނަވަސްކޮށްދޭން،" މިންނު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ރޯދަވީއްލާ ފަރާތްތަކަށް އޮތް ފުރުސަތެއް ނޫން. ރޯދަވީއްލުން ތައްޔާރުކުރާ ފަރާތްތަކަށް ވެސް ހުޅުވައިލެވޭ ފަހި ފުރުސަތެއް، އެއް ތަނަކުން ހުރިހާ މެނޫއެއް ފެންނާން ހުރުމުން ފަސޭހަތަކެއް ލިބިގެން ދާނެ."

ސަންގެ ރޯދަޕޭޖްގައި ރޯދަ މެނޫ އިސްތިހާރުކުރާ ފާރާތްތަކަށް، އެ ޕޭޖްގައި މެނޫތައް ފީޗަރކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކޮންމެ ފަރާތަކުންވެސް ބޭނުންވާ ލޯގޯއާ އެކު ސަންގެ ރޯދަ ޕޭޖްގައި މެނޫ އިސްތިހާރުކުރާއިރު، އަމިއްލަ ވެބްސައިޓްތައް ހުން ފަރާތްތަކަށް ސަންގެ ރޯދަ ޕޭޖް މެދުވެރިކޮށް، އެފަރާތްތަކުގެ ވެބްސައިޓަށް ކަސްޓަމަރުން ޒިޔާރަތްކުރާގޮތަށް ލިންކް ކޮށްދޭގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސަން ރޯދަ ޕޭޖްގައި، ރޯދަމެނޫތައް އިސްތިހާރުކުރަން ބޭނުންފުޅުވާ ފަރާތްތަކުން، 79700776 ނަންބަރު ފޯނަށް ގުޅުއްވުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ސަންގެ މާކެޓިންއަށްއީމެއިލްކުރައްވައިގެން([email protected]) ވެސް މައުލޫމާތު ސާފުކުރެއްވޭނެއެވެ.