Last Updated: 9 year 6 month ago
ބުލޮގު ޚުލާސާ
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
މިއަދުގެ މެޗަށް ނުކުންނައިރު:
މާޒިޔާ އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެކު ގްރޫޕްގެ އެންމެ ކުރީގައި. ދެ ޓީމަށް ވެސް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓް.
- ބެންގަލޫރު އަދި މާޒިޔާގެ ފަހަތުގައި އޮތް އިންޑިއާގެ މޯހަން ބަގާންއާއި އަބަހާނީއަށް ލިބިފައިވަނީ ތިން ޕޮއިންޓް.
- ގްރޫޕްގައި މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވެފައިވަނީ އަމިއްލަ ގައުމުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން. އެ މެޗުން މާޒިޔާ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުން. މާޒިޔާ ވަނީ އަމިއްލަ ގައުމުގައި މޯހަން ބަގާން އަތުން 5-2 ލަނޑުގެ ނަތީޖާއަކުން މޮޅެއް ހޯދައި، ރަށުން ބޭރުގައި ދާކާ އަބަހާނީ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައި.
- އަބަހާނީ މޮޅުވެފައިވަނީ އަމިއްލަ ގައުމުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން. އެ މެޗުން އަބަހާނީ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން. އަމިއްލަ ގައުމުގައި މާޒިޔާ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން އަބަހާނީ ބަލިވެފައިވާއިރު، ރަށުން ބޭރުގައި އަބަހާނީ ވަނީ 2-0 ލަނޑުގެ ނަތީޖާއަކުން ބެންގަލޫރު އަތުން ބަލިވެފައި.









