ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ކައްކާ ގޭސްފުޅި އަކުން 25 ރުފިޔާ ހެޔޮކޮށްފައި ވަނިކޮށް ވިލާ ހަކަތައިން ވެސް ގޭހުގެ އަގުހެޔޮކޮށްފިއެވެ.

ވިލާ ހަކަތައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 25 ރުފިޔާ އަގުހެޔޮކުރުން ނިންމައިފާ ކަމަށާއި އެހެން ކަމުން ކުރިން 200 ރުފިޔާއަށް ވިއްކި ގޭސްފުޅި މިހާރު ލިިބޭނީ 175 ރުފިޔާއަށް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭހުން ނިންމާފައި ވަނީ ކުރިއަށް އޮތް ރޯދަ މަހާއި ހަ ރޯދަ ނިމެންދެން ކަމަށެވެ.

މިދިޔަ އަހަރު ވެސް އެ ކުންފުނިން ދެ ފަހަރެއްގެ މަތިން ގޭހުގެ އަގު ހެޔޮކުރި އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު 210 އަށް ގޭސް ފުޅިއެއް ވިއްކަން ނިންމި އިރު ޖޫން މަހުން ފެށިގެން އަނެއްކާ ގޭސް ފުޅިއެއް ވިއްކަމުން އައީ 200 ރުފިޔާއަށެވެ.

އެ ބަދަލާ އެކު އަތޮޅުތަކުގައި މޯލްޑިވް ގޭސް ވިއްކާ އެޖެންޓުންވެސް ވިއްކަން ޖެހޭނީ10 ކިލޯގެ ފުޅިއަކުން 25 ރުފިޔާ އަގު ހެޔޮކޮށްގެންނެވެ.