15 May 2017, 09:17
އިނގިރޭސި ޕްރްމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ޓޮޓެންހަމް އެ މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީވެސް ޓޮޓެންހަމްއިންނެވެ. އެލަނޑު މެޗުގެ ހަ ވަނަ މިނިޓްގައި އެޓީމަށް ކާޟިޔާބުކޮށްދިނީ ވިކްޓަ ވެންޔާމާ އެވެ. އޭނާ އެލަނދު ޖެހީ ބެން ޑޭވިސް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާއާ އެއްކޮށްނެވެ.
ދެވަނަ ހާފުގައި އަނެއްކާ ވެސް ލަނޑެއްޖަހައި ލީޑު ފުޅާ ކުރީ ޓޮޓެންހަމްއިންނެވެ. އެލަނޑު މެޗުގެ 48 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އެނާ އެ ލަނޑު ޖެހީ ކްރިސްޓަން އެރިކްސަން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެންޗެސްޓާ ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވޭން ރޫނީ އެވެ. އެންތޮނީ މާޝެލް ތަނަވަސްކޮށްދިން ފުރުޞަތަކުން އެނާ އެ ލަނޑު ކޟާިޔާބުކުރީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ.
މި ނަތީޖާއާ އެކު ޓޮޓެންހަމް ތާވްލްގެ ދެވަނާގައި އޮތީ 80 ޕޮއިންޓާ އެކު އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ހަވަނާގައި އޮތީ65 ޕޮއިންޓާ އެކު އެވެ.