Back
Nov 23, 2025 SUN
SUN

ރޯދަ އެލަވަންސް ދޭ އުސޫލަށް ބަދަލެއް ނުގެންނަން: ފިނޭންސް

ރޯދަ އެލަވަންސް ދޭ އުސޫލަށް ބަދަލެއް ނުގެންނަން: ފިނޭންސް
Lead photo

ޕޭ އަދި ނޯޕޭ ލީވުގައި ތިބޭ މުވައްޒަފުންނަށް މީގެ ކުރިންވެސް ރޯދަ އެލަވަންސް ނުދޭ ކަމަށާއި، ރޯދަ އެލަވަންސް ދޭ އުސޫލަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޕޭ ލީވާއި ނޯޕޭ ލީވުގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުލިބޭ ގޮތަށް ހަމަޖައްސައިފިކަމަށް މީޑިއާގައި އިއްޔެ ޚަބަރު ފެތުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޚަބަރު މީޑިއާގައި ރިޕޯޓުކޮށްފައިވަނީ އާންމުންނަށް އޮޅުން އަރާފަދަ ގޮތަކަށް ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އެލެވެންސުގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދޭން ޖެހެ އެވެ. އަދަދެއްގެ ގޮތުގައި ގާނޫނުގައި ބުނެފައި ވަނީ 3،000 ރުފިޔާ ކަމަށެވެ.

ފިނޭންސުން ނެރުނު ބަޔާނުގައި ބުނީ ފިނޭންސުން އޮފީސްތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން މިއަހަރުވެސް ރޯދަ އެލަވަންސް ދޭން ހަމަޖެހިފައިވަނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ކަމަށެވެ. އަދި އެ އުސޫލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ އިރު، މީގެ ކުރިންވެސް ދައުލަތުގެ އޮފީސްތަކުގައި ޕޭލީވާއި ނޯޕޭލީވުގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދީފައި ނުވާ ކަމަށް ފިނޭންސުން ބުންޏެވެ.

"ނަމަވެސް އަހަރީ ޗުއްޓީއާއި ވިހެއުމުގެ ޗުއްޓީ ފަދަ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރަމަޟާން މަހުގެ އިނާޔަތް ލިބޭނެކަމުގައި ދަންނަވަން،" ބަޔާނުގައި ވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުން ފިނޭންސުން ފޮނުވި ސާކިއުލާއަކީ ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ދިނުމާ ގުޅޭގޮތުން ފޮނުވާ ސާކިއުލާއެކެވެ. އެ ސާކިއުލާގައި އޮންނަނީ ގާނޫނުގައިވާ ގޮތުގެ މަތީން ރޯދަ އެލަވަންސްް ދިނުމަށް އަންގައިފައެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ލަފާކޮށްފައިވާ މީލާދީ ތާރީޚަކީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics