14 May 2017, 12:39
ލ. ގަމު މަތިމަރަދޫ ގެ އެއްގެ ތެރޭގައި ހުރި ސައިކަލް ތަކެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 3:10 އެއް ކަން ހާއިރު މަތިމަރަދޫ އަވަށު އައްސޭރި ނަމަކަށް ކިޔާ ގެއެއްގައެވެ. ރޯކޮށްލުމުގެ ސަބަބުން ތިން ސައިކަލް ގައި ވަނީ ހުޅުހިފައި ބޭނުން ނުކުރެވޭ ވަރުވެފައެވެ.
އެ މައުލޫމާތު އިނގޭ ފަރާތަކުން 'ސަން' އަށް ކިޔައިދިން ގޮތުގައި ރޯކޮށްލި ތިން ސައިކަލްގެ ތެރޭގައި ހިމެނެނީ ގަން ޕޮލިސް ސްޓޭޝަންގައި މަސަތްކަތްކުރާ ފުލުހަކާއި އޭނާގެ ބޭބެގެ އިތުރުން ބޭބެގެ އަންހެނުންގެ ސައިކަލެވެ. އޭގެ ތެރެއިން ދެ ސަކައިލަކީ ވަރަށް އާ ދެ ސައިކަލް ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ލ. ގަމު ގެއެއްގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި ކަމަށް ރޭ ދަންވަރު 3:15 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.