14 May 2017, 14:13
ހުޅުމާލޭގެ ހުރިހާ ޒޯނަކުން ކުނި އުކައި ދިނުމުގެ ހިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށައި، ހިދުމަތަށް އެދި ރަޖިސްޓަރީ ކުރަން ހުޅުވާލައިފި އެވެ.
އެކަން ވެމްކޯ އިން އިއުލާނުކޮށްފައި ވަނީ މިއަދު ހެނދުނު އެޗްޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިވެލޮޕްމެންޓް މަނޭޖާ ހިދާޔާ ނަސީރެވެ.
އެ ހިދުމަތް ލިބޭނީ ހިދުމަތަށް އެދި ރަޖިސްޓާކުރާ ފަރާތްތަކަށް އެކަނި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ރަޖިސްޓާކުރަން ވެމްކޯގެވެބްސައިޓުންފޯމް ލިބޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
އޭގެ އިތުތުން ހަތަރު ދުވަހުގެ މުއްތަތަށް ހުޅުމާލޭގެ ޓާމިނަލް ސަރަހައްދުގައި ވެސް މައުލޫމަތު ދިނުމާއި ފޯމު ހުށަހެޅުމުގެ ކަންތަށް ކުރިއަށްދާނެ ކަމަށް ވެމްކޯ އިން ބުންޔެވެ.
ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެމްކޯ އިން ކަލެކްޝަންސް ސާވިސްދެ އެވެ. މަލޭގައި ކަލެކްޝަންސް ސާވިސް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި މި އަހަރު ޖޫން މަހުގެ ނިޔަލަށް މާލޭގެ ހުރިހާ ޒޯނަކުން ކުނި އުކައިދޭން ފެށުމަކީ އެ ކުންފުނީގެ ޓާގެޓް ކަމަށް ވެމްކޯ އިން ބުންޏެވެ.