13 May 2017, 22:08
ރޯދަ މަހާ ގުޅުވައިގެން އެސްޓީއޯއިން އިމްޕޯޓުކުރި ފިޔާ، އަލުވި އަދި ބިހުގެ ރީޓެއިލް އަގުތައް ކަނޑައަޅައިފިއެވެ.
އެސްޓީއޯއިން މިރޭ އިއުލާން ކޮށްފައިވާ ގޮތުން، ފިޔާ ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު، ފިޔާ ކިލޯއެއް ވިއްކާނީ އަށް ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ. އަލުވި ކިލޯއެއްގެ އަގު ކަމުގައި ކަނޑައަޅާފައިވަނީ 10 ރުފިޔާއަށެވެ.
މީގެ އިތުރުން ބިސް ކޭހެއްގެ އަގަކީ 270 ރުފިޔާ ކަމުގައި ކަނޑައަޅާފައިވާ އިރު، އެއް ބިހުގެ ރީޓެއިލް އަގަކީ ދޮޅު ރުފިޔާ ކަމަށް އެސްޓީއޯއިން ވަނީ ހަމަޖައްސައިފައެވެ.
އެސްޓީއޯއިން މިއަދު ވަނީ ރޯދައަށް ޚާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް، ައެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި، މިތަކެތި ރީޓެއިލްކޮށް ވިއްކުމުގެ ކަންކަން ރާވާފައި ވަނީ އަމިއްލަ ފިހާރަތަކާ ގުޅިގެން ޕާޓްނަޝިޕްގެ އުސޫލުން ކަމަށާއި، އެސްޓީއޯއާ އެކު އެއްބަސްވެފައި ހުރި ތަންތަނުން އެތަކެތި އެއް އަގެއްގައި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.