ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ޖޫނިއާ ޑިވިޝަންގެ ފިރިހެންބައިގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބު ގުޑީސް ހޯދިއިރު އެމުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފިސްޑާ އިން ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ބައިގެ ތަށި ފިސްޑާއިން ގެންދިޔައީ ފައިނަލުގައި ބ. ގޮއިދުއާ ވާދަކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ގުޑީސް ހޯދީ ފައިނަލުަގައި މަލްސަންއާ ވާދަކޮށް ތިން ސެޓުންނެވެ.

އަންހެން ފައިނަލުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-23 އިން ފިސްޑާއިންނެވެ. ނަމަވެސް ދެވަނަ ސެޓް25-23 ހޯދީ ގޮއިދޫ ޓީމުންނެވެ. އަދި ތިންވަނަ ސެޓުވެސް އެޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ.

ގޮއިދޫ ޓީމު ދެ ސެޓުން ކުރީގައި އޮއްވައި ފިސްޑާއިންވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދައި ހަތަރުވަނަ ސެޓު އަދި ފަސްވަނަ ސެޓު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފިސްޑާގެ އައިމިނަތު އަރީޝާއެވެ.

ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ޖޫނިއާ ޑިވިޝަންގެ ފިރިހެންބައިގެ ޗެމްޕިއަންކަން ގުޑީސްއިން ގެންދިޔައީ 26-25، 25-23 އަދި 25-21 މަލްސަން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގުޑީސްގެ މުހައްމަދު މިމްރާހުއެވެ.