މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އެންމެ ވަރުގަދަ ޝޯ ކުރިޔަށް ދިޔައީ މިރެއެވެ. ގްރޭންޑް ފިނާލޭ އަށް ދަތުރު ކުރި ގަދަ ތިން ބައިވެރިންގެ ގަދަ ހިފުން ކުރިއަށް ވެސް ދިޔައީ މިރެއެވެ. ތިން ބައިވެރިން ވެސް އެ މީހަކަށް ދެއްކުނު އެންމެ ރަނގަޅު ހުށަހެޅުން މިރޭ ދައްކާލައިފި އެވެ.

އައިޑޮލްގެ ދިގު ދަތުރު ފެށިގެން ނިމުމަކަށް އައިއިރު މިފަހަރުގެ ގަދަ ތިން ބައިވެރިންނަކީ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދު (ބަރޯ) އެވެ.

މިރޭގެ ޝޯގައި ބޮބް ލަވަކިޔަނީ---

މިރޭގެ ޝޯގައި ހުރިހާ ބައިވެރިން ވެސް ވަނީ ހިތްގައިމު، ފޯރިގަދަ ލަވަތަކެއް ހުށަހެޅުމަށްފަހު ޖަޖުންނާއި ބެލުންތެރިން ރަނގަޅަށް ވެސް އާޝޯހުކޮށްލާފަ އެވެ.

މިރޭގެ ޝޯގައި ކޮންމެ ބައިވެރިޔަކުވެސް ދެ ލަވައެއް ހުށަހެޅިއެވެ. ފުރަތަމަ ދައްކައިލި ޕާފޯމެންސްތައް ވެސް ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރާހާވެއެވެ. އެހާ ވެސް ފުރިހަމައެވެ. ފުރަތަމަ ބުރަށް ފަހު ދެން ފެށުނު ލަވަތައް އަދި މާ ފޯރިގަދަވެފައި ނަލައެވެ. ކޮންމެ ހުށަހެޅުމަކަށް ޖަޖުން ކޮޅަށް ދެތުވެ ތައުރީފް ކުރި އިރު އެ ލަވަތައްވީ މުޅި ސްޓޭޖު ވެސް ގުގުމާލި ލަވަތަކަކަށެވެ.

މިރޭގެ ޝޯގައި ހަމޫދު ލަވަކިޔަނީ---

ކޮންމެ ބައިވެރިޔަކުވެސް މިރޭ ހުށަހަޅައިދިން ދެ ލަވައަކީ މީގެ ކުރިން ދިވެހިންގެ ތެރޭގައި މަގުބޫލުވެގެން ގޮސްފައިވާ ތަވަތަކެކެވެ. އެ ބައިވެރިޔަކަށް ކުރެވުނު އެންމެ ފުރިހަމަ އަށް މަސައްކަތްކޮށް، އެ ދައްކައިލި ހިތްގައިމު ޕާފޯމެންސަކީ މާދަމާ ރޭ އޮންނަ ގްރޭންޑް ފިނާލޭ ޝޯއަށް ވަރަށް މުހިއްމު ރޯލެއް ކުޅޭނެ ދެ ލަވައެވެ. މިރޭ ބަައިވެރިން ދެއްކި ހުށަހެޅުމަށް ޖަޖުން ދޭނީ 50 ޕަސެންޓް މާކުހެވެ. ދެން އޮތީ ބެލުންތެރިންގެ ވޯޓެވެ.

މިރޭގެ ޝޯގައި ބަރޯ ލަވަކިޔަނީ---

މާދަމާ ރޭ އޮންނަ ގްރޭންޑް ފިނާލޭގައި ބެލުންތެރިން ބޭނުންވާ ބައިވެރިޔަކު ސީޒަން ދޭއްގެ އައިޑޮލް އަކަށް ހެދުމަށް މިހާރުން ފެށިގެން އެސްއެމްއެސް ކުރަމުންގެންދަންވީއެވެ. ޖަޖުން މާކުސް ދިފިއެވެ. ދެން އޮތީ ބެލުންތެރިންގެ ހިތްވަރެކެވެ. މާދަމާގެ އިރުއޮއްސި ހަޔަކާ ހަމައަށް އެސްއެމްއެސް ކުރެވޭނެއެވެ. މާދާމާ ރޭގެ ޝޯ ކޮންމެހެންވެސް ބަލަންވާނެއެވެ. ގްރޭންޑް ފިނާލީ ފޯރިގަދަ ވާނެކަން ޔަގީނެވެ.