12 May 2017, 20:33
މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ސްރީލަންކާގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް އެނބުރި ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ސްރީލަންކާއަށް މިފަހުން ވަޑައިގަތީ، އެވެ. ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސްރީލަންކާއަށް ވަޑައިގެން، ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބޭރުގެ ސިޔާސީ އެކިއެކި ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.
އެމަނިކުފާނު ލަންކާގައި މިފަހަރު ކުރެއްވި މަސައްކަތްޕުޅަށް ބަލާއިރު، އެމަނިކުފާނުގެ އެޑްވައިޒަރެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ވެސް ކޮލޮމްބޯގައި ރައީސް ނަޝީދުއާ ބައްދަލު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ފުރުސަތު ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވުމުން އެމަނިކުފާނު ވަނީ އެގައުމަށް ވަޑައިގެން، އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިފައެވެ. ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގައެވެ.