ގައުމީ ބޭންކް، ބީއެމްއެލްއާއި ޓީއެފްޖީ ގުޅިގެން ބާއްވާ "ވާއު ކިޑްސް ރަން" މިއަދު ހެނދުނު މާލޭގައި ބާއްވައިފިއެވެ.

ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ކުރިއަށްގެންދާ ބީއެމްލެލް ވާއު ކިޑްސް ރަން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00ގައެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން 2017 ގެ ތެރެއިން--ފޮޓޯ/ ބީއެމްއެލް

ގިނަ އަދެއްގެ ކުޑަކުދީން ބައިވެރިވި މި ދުވުން ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް ސެލްފް ސާވިސް ބޭންކިން އޭޓީއެމްތައް ހުންނަ ސަރަހައްދުންނެވެ. ރޭސް ނިންމާލާފައިވަނީ މާލޭގެ ހުޅަނގު ފަރާތު ރަސްފަންނަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން 2017 ގެ ތެރެއިން--ފޮޓޯ/ ބީއެމްއެލް

ރާއްޖޭގައި ކާމިޔާބުކަމާއެކު މިފަދަ ރޭސްތައް ބާއްވަމުން އަންނަ ޓީއެފްޖީއާ ގުޅިގެން ބޭއްވި ރޭހާ ގުޅޭ ގޮތުން ބީއެމްއިލްއިން ބުނެފައިވަނީ މިއަދު ބޭއްވި ދުވުން ވަރަށް ކާމިޔާބުކަމަށާއި ދުވުމުގައި ބައިވެރިވި ހުރިހާ ކުޑަކުދިންނަށްވެސް ޝުކުރުއަދާކުރާކަމަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން 2017 ގެ ތެރެއިން--ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއަދު ކުރިއަށްދިޔަ ދުވުމުގައި ބީއެމްއެލްގެ އިސް ވެރިންނާއި ދުވުމުގައި ބައިވެރިވި ގިނަ އަދެއްގެ ކުދިންގެ ބެލެނިވެރިން ވަނީ ަބައިވެރިވެފައެވެ.