12 May 2017, 11:59
ފިލްމު 'ކޮމާންޑޯ 2'ގެ އެކްޓަރު އާދާ ޝަރްމާ، އޭނާގެ އުފަންދުވަހަށް ރާއްޖެ އަތުވެއްޖެ އެވެ.
އާދާ އޭނާގެ 26 ވަނަ އުފަންދުވަހަށް ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވީނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެއެވެ.
ޚަބަރުތައް ބުނާގޮތުން އާދާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާ އަދި ގާތް އެކުވެރިންނާ އެކު އެވެ.
އާދާ ބުނެފައިވާ ގޮތުން އޭނާ އަކީ މޫދު އަދި ގޮނޑުދޮށަށް ފޯރި ހުންނަ މީހެކެވެ.
ހިންދީ އަދި ތެލުގޫ ފިލްމު ތަކުން ފެނިގެން ގޮސްފައިވާ އާދާ އޭނާގެ އެކްޓިން ކެރިއަރު ފެށި 2008 ވަނަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު '1920' އިންނެވެ.