11 May 2017, 13:45
ނިމިދިޔަ 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޖީއެސްޓީ ބަޔާން ހުށަނާޅައި، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ދައުލަތުގެ ޓެކްސް އިދާރާއިން އާންމުކޮށްފިއެވެ.
މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ނޮން ކޮމްޕްލަޔާސް ލިސްޓުގައި ހިމެނިފައިވަނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 16 ފަރާތަކާއި، އެހެނިހެން ދާއިރާތަކުން 75 ފަރާތާ އެކު، ޖުމްލަ 91 ފަރާތުގެ މައުލޫމާތެވެ.
މީރާއިން ބުނީ، މި ފަރާތްތަކާ އެކި ފަހަރުމަތިން ގުޅައި، އެސްއެމްއެސްކޮށް އަދި ބައެއް ތަންތަނަށް ޒިޔާރަތްކޮށްގެންވެސް ޓެކްސް ނުދައްކާ ފަރާތްތަކަށް ދެވޭ އަދަބުތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ.