އަސްރަފީ ބުކްޝޮޕްގައި ވިއްކަން ބަހައްޓާފައި ހުރި، ފިރިހެނުންގެ އައުރަ ސިފަވާ އެއްޗެހިތަކެއް ވިއްކުން މަނާކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ފުލުހުން ވަނީ އެ ބުކްޝޮޕަށް ވަދެ އެތަނުގައި ވިއްކަން ބަހައްޓާފައި ހުރި ފިރިހެނުންގެ އައުރަ ސިފަވާ ގޮތަށް ހަދާފައިވާ ހުރި، ޕާޓީތަކުގައި ބޭނުން ކުރާ ސްޓިކާތަކެއް ވިއްކުން މަނާކޮށްފަ އެވެ.

އާންމުކޮށް ކުޑަކުދިން ވެސް ވަދެ އުޅެދޭ އެ ބުކްޝޮޕްގައި އެތަކެތި ވިއްކަން ބަހައްޓާފައި ހުރީ އެންމެންނަށް ފެންނާނެހެން ރެކުގައި ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އަސްރަފީ ބްކްޝޮޕްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތްނުވެފަ އެވެ.

ވިޔަފާރި ކުރުމުގެ ގާނޫނު ވެސް އަދި އާންމު އިޖުތިމާއީ މިންގަނޑުތަކުގެ ގާނޫނު ބުނާ ގޮތުން ވެސް އެފަދަ ތަކެތި ގެންގުޅުމާއި ވިއްކުމަކީ މަނާކަމެކެވެ.