ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ކުލަގަދަ ހަރަކާތްތަކެއް ހިންގައިފި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ކުލަގަދަ ހަރަކާތްތަކެއް ހިންގީ މިއަދު ހަވީރު ހެންވޭރު ދަނޑުގަ އެވެ.

ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިިނިސްޓަރު އާއިޝަތު ޝިހާމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓާ އާޒިމް މޫސާ އެވެ.

އެއާޕޯޓްސް ކޮމްޕެނީގެ ބޮޑު އެހީތެރިކަމާއެކު ބޭއްވި އެ ހަވީރުގައި ނެށުމުގެ ހަރަކާތްތަކާއި ޑްރިލް އަދި ޖާދޫ ހެދުންފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ލަވަކިޔުންތެރިޔާ ސަމީއުގެ ލަވަތަކުން އެ ހަވީރު ވަނީ ފަޅުފިލުވައިދީފަ އެވެ.