10 Jul 2011, 21:52
23:07 އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް މިރޭ ކުޅުނު އެކުވެރިކަމުގެ މެޗު 1-1 ލަނޑުން ހަމަހަމަ ވެގެން ނިމިއްޖެ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހަފުގަ އެވެ. އިންޑިޔާގެ ސުނިލް ޗެތުރީ ލަނޑެއް ޖަހާފައި ވަނިކޮށް ރާއްޖެއަށް ލަނޑު ޖަހައި ދިނީ މުހުތާރު ނަސީރު އެވެ.
މިއީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އަދި އިންޑިއާ ޓީމް ވެސް ވަނީ މި މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންޑިއާ ނުކުންނަން ޖެހެނީ ޔޫއޭއީއާ ދެކޮޅަށެވެ.
http://sun.mv/albums/l_1263.jpg
23:06 މެޗުގެ ފުރިހަމަ ވަގުތާއެކު ދެ ޓީމް ހަމަހަމަވެގެން ނިމިއްޖެ. މިހާރު ރައީސް ނަޝީދު ކުޅުންތެރިންނާ ސަލާމް ކުރައްވަނީ
23:00 އިންޑިޔާގެ ގޯލް ކީޕަރަށް އަނިޔާވެގެން ފަރުވާ ދެމުން އެބަދޭ.
22:58 ސެންޓޭގެ ބާރު ނުރައްކާތެރި ހަމަލާއެއް އިންޑިޔާގެ ގޯލަށް އަމާޒުކޮށްފި. މިހާރު އޮއްޕޮގެ ބަދަލުގައި ރޮނާލްޑޯ ނުކުމެއްޖެ. ރާއްޖޭގެ ކުޅުންތެރިޔަކަށް އަނިޔާވެގެން ކުޅުން މެދު ކެނޑިފައި
22:57 އަޝްފާގަށް ތަނަވަސްވި ރަނގަޅަށް ކޮންޓްރޯލް ނުކުރެވިގެން ގެއްލި.
22:56 އަޝްގާފު ކުރިޔަށް ދިޔަ ނުދީ ހިފެހެއްޓުމުގެ ސަބުން އިންޑިޔާގެ ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކައިފި. އަނެއްކާވެސް އިންޑިޔާ ކުޅުންތެރިޔަކު ބަދަލު ކޮށްފި
22:55 އައަސަދު ދުރުން ފޮނުވާލި ބާރު ބޯޅައެއް އިންޑިޔާ ކީޕަރު ސަލާމަތްކޮށްފި. މިވަގުތު ކުޅެމުންދަނީ އިތުރު ވަގުތުގެ ތިން މިނެޓް.
22:53 ބަދަލުތަކާއެކު އިންޑިޔާއިން ވަނީ މެޗްގެ ކޮންޓްރޯލް ހޯދާފައި. ހާއްސަކޮށް ސުނިލް ޗެތުރީ މޮޅަށް ކުޅެމުން އެބަދޭ. އިންޑީޔާ ގައުމީ ޓީމަށް 23 ލަނޑު ޖަހާފައިވާ ޗެތުރީ ވަނީ މިރޭ ވެސް ލަނޑު ޖަހާފައި.
22:52 އިންޑިޔާ ހަމަލާއެއް އަނެއްކާވެސް ގޯލާ އަމާޒު ނުވެ މަތިން ހިނގައްޖެ. މިވަގުތު ފެންނަނީ އަނެއްކާވެސް އިންޑިޔާ ރަނގަޅަށް ކުޅެން ފަށައިފި
22:50 ބަދަލާއެކު ޓީމް ހަމައަކަށް ނޭޅި އުޅެނިކޮށް އިންޑިޔާގެ ކުޅުންތެރިން ދިނަ ވަރުގަގަދަ ހަމަލައެއް ގޯލާ އަމާޒު ނުވެދިޔައީ ކިރިޔާ. މިހާރު އިންޑީޔާގެ މެހެތާބު ހުސައިން ބަދަލުކޮށް އާ ކުޅުންތެރިއަކު އަރުވައިފި
22:48 ރާއްޖެއިން ސޮބާ ފައިބައިފައި އައްސަދު ނުކުމެއްޖެ. އަނެއްކާ ބެންޖޯ އެރުވުމަށް ފަަހު ބޮންޑާ ފައިބައިފި
22:47 ފަޒީލަށް ލިބުނު ރަނުގެ ފުރުސަތެއް އިންޑިޔާގެ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލައިފި.
22:46 އަޝްފާގު ބޯޅައާއެކު ކުރިއަރަނިކޮށް ހަމަލާދީ ވައްޓާލައިފި
22:43 އިންޑިޔާގެ ކްލައިމެކް ލޯރެންސްގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ނުކުމެއްޖެ
22:43 ރާއްޖޭ ޓީމުން ވެސް ބަދަލެއް ކޮށްފި. ލަނޑު ޖެހި ޓޫކިލޯގެ ބަދަލުގައި އަހުމަދު ރަޝީދު ނުކުމެއްޖެ. އިންޑިޔާއިން ލަސް ކުރާ ކަމަށް އަޝްފާގު ރެފުރީއަށް އިޝާރާތްކުރަމުން ވެސް އެބަދޭ.
22:42 އިންޑިޔާ ޓީމުން އަނެއްކާވެސް ކުޅުންތެރިޔަކު ބަދަލުކޮށްފި.
22:41 ސުނިލް ޗެތުރީ އަނެއްކާވެސް ނުރައްކާކޮށްފި.
22:39 ފަޒީލު އޭރިއަށް ވަންނަނިކޮށް އިންޑިޔާ ކުޅުންތެރިއަކު ފައުލް ކުރުމުން ރީނދޫ ކާޑު ދައްކައިފި. ޖެހުން ކުރިޔަށް ފޮނުވާލައިނީ އަޝްފާގު
22:38 ސެންޓޭއަށް ފައުލް ކޮށް ވައްޓާލައިފި. އިންޑިޔަގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ކިބައިން ގިނަ ފައުލްތަކެއް ދަނީ ފެންނަމުން
22:37 ރާއްޖެއަށް ކޯނަރެއް ލިބިއްޖެ
22:35 އިންޑިޔާއިން މޮޅަށް ކުޅެމުން އައި ސްޓީވަން ބަދަލުކޮށްފި
22:33 ރާއްޖޭއަށް ގާތްގާތުގައި ތިން ހަމަލައެއް ދީފި. ވަރަށް ނުރައްކާތެރި ހަމަލަތަކެއް. އަޝްފާގު ހަމަލާ އުފައްދަން ދިޔައީ ތިންކުޅުންތެރިން ނައްޓައިލުމަށްފަހު
http://sun.mv/albums/l_1265.jpg
22:30 އޮއްޕޮގެ ހަމަލާއެއް އިންޑިޔާ ކީޕަރު ދިފާއު ކޮށްފި.
22:30 މިހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅުވެފައި ވީނަމަވެސް އިންޑިޔާގެ ސްޓީވަން ދަނީ ވަރަށް ބޮޑަށް ނުރައްކާ ކުރަމުން
22:28 އިންޑިޔާގެ ފަރާތުން ގިނަ ފައުލް ތަކެއް ދަނީ ފެންނަމުން.
22:26 މިވަގުތު ވަނީ އޮއްޕު ވައްޓާލާފައި. ރާއްޖޭގެ ޓީމްގެ އިއްސޭގެ ބަދަލުގައި ސެންޓޭ ކުޅެން ނުކުމެއްޖެ
22:25 މެޗް ތަންކޮޅެއް ބޯޑަށް ހޫނު ވަމުން އެބަދޭ. ފައުލްތައް ދަނީ ގިނަވަމުން. ރާއްޖޭގެ ކުޅުންތެރިން ވަނީ އެކަމަށް ސަމާލުވާން ޖެހިފައި.
22:24 ސޮބާ ހެދި މިސްޓޭކަކުން ސްނިލް ޗެތުރީއަށް ރަނުގެ ފުރުސަތެއް ލިބި ނަގާލައިފި
22:23 ސުނިލް ޗެތުރީ އުފައްދަން އުޅުނު ހަމަލާއެއްގައި ރާއްޖެއިން ކޯނަރަކަށް ބޭރުކޮށްލައިފި. ކޯނަރު ދިފާއުކޮށްފި. އިންޑިޔާގެ ސެޓްޕީސްތަކާމެދު ރާއްޖެ ވަރަށް ސަމާލުވާން ޖެހޭ.
22:22 އިސްމާލަށް ފައުލްކޮށް ވައްޓާލައިފި.
22:21 ރާއްޖެއިން ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފި. އިންޑިޔާ ޓީމް ވަނީ ވަރަށް ބޮަށް ޕްރެޝަަރަށް ވެއްޓިފައި. އިންޑިޔާ ކަހަލަ ތަޖުރިބާކާރު ޓީމަކުން ނުފެންނަހާ ދެރަ ކުޅުމެއް މިވަގުތު ފެންނަނީ.
22:19 މިހާރު ވެސް ވަނީ އަޝްފާގަށް ފައުލްކޮށް ވައްޓާލާފައި. ޖެހުން ފޮނުވާލަނީ އުމޭރު
މުހުތާރާއާ އިއްސޭ ގުޅިގެން ހަމަލާއެއް އުފައްދަނީ. ދަގަނޑޭ ނުކުތުމާއެކު ރާއްޖޭގެ ކުޅުން ވަރުގަދަކޮށް ހަމައަކަށް އެޅެމުން އެބަދޭ. ސަޕޯޓަރުން މެދު ނުކެނޑި ސަޕޯޓް ކުރަމުން އެބަދޭ.
22:17 އިންޑިޔާގެ ހަމަލާއެއް ގޯލާ އަމާޒު ނުވެ ހިނގައްޖެ
22:16 ޝަމްވީލު ހޯދައިގެން ރަނގަޅު ހަމަލާއެއް އުފައްދަން ވަނީ ދެންމެ މަސައްކަތް ކޮށްފި.
22:15 އަޝްފާގަށް ލިބުނު ބޯޅައިން ވެސް ނުރައްކާތެރި ހަމަލާއެއް އުފައްދައިފި.
22:14 ޓޮމްގެ ބަދަލުގައި ދަގަނޑޭ ކުޅެން ނުކުމެއްޖެ. އިމްރާނު ގޮސް ގަނޑޭއާ ކެޕްޓަން ބޭންޑް އަޅުވައިދީފި
22:12 އަނެއްކާ ރޯއީ މިވަނީ މުހުތާރަށް ފައުލްކޮށްފައި. ގަސްދުގައި މޫނުމަތީ ޖެހި ކަމަށް ވަނީ. މުހުތާރު ފަރުވާ ދެމުން އެބަދޭ
22:11 އަދި ވެސް ފެންނަނީ އިންޑިޔާގެ ދިގު ބޯޅަތައް ކުޅޭތަން
22:10 ރާއްޖެއިން ދެވަނަ ހަފު ފަށައިދީފި. މުހުތާރު އިންޑިޔާގެ ރޯއީއަށް ފައުލް ކޮށްފި
http://sun.mv/albums/l_1262.jpg
22:07 ރާއްޖެ ދެވަނަ ހާފަށް ނުކުންނަ އިރު ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވޭ. ދަގަނޑެއް ދެވަނަ ހާފުގައި ނެރޭނެ ކަމަށް ބެލެވޭ. ފުރަތަމަ ހާފަށް ބަލާއިރު ރާއްޖޭގެ ވަކިވަކި ކުޅުންތެރިންގެ ހުނަރު ފެނުނަށް ބޮޑަށް ފެނުނީ އިންޑިޔާ މެޗް ކޮންޓްރޯލް ކުރިތަން. މިހާރު ކުޅުންތެރިން ނުކުމެއްޖެ. ދެ ޓީމުން ވެސް ބަދަލެއް ނުފެނޭ.
* ދެ ވަނަ ހާފުގެ ކުޅުމާއެކު އަޅުގަނޑުމެން ބައްދަކުރާނަން، ޝުކުރިއްޔާ!
21:52 ފުރަތަމަ ހާފު ނިމިއްޖެ
21:51 ގައުމީ ޓީމަށް ޓޫކިލޯ މިހާތަނަށް ހަތަރު ގޯލް ޖެހި އިރު ދެގޯލް ޖެހީ އިންޑިޔާ ކޮޅަށް. ފުރަތަމަ ހާފު ނިމެމުން ދަނީ. ލަނޑާއެކު ރާއްޖެއަށް ވަނީ ހިތް ވަރު ލިބިފައި
21:50 މުހުތާރު ލަނޑު ޖަހައިފި. ވަރަށް ރީތި ލަނޑެއް. ބޯޅަ ގޮސް ވަނީ ގޯލުގެ ކަނަށް
21:48 ރާއްޖެއަށް ގޯލަށް އިންޑިޔާއިން ދިން ނުރާއްކޭތެރި ހަމަލާއެއް ދަނޑިގައި ޖެހިފައި ބޭރުވެއްޖެ.
21:47 ރާއްޖޭގެ ޓީމް ފެންނަނީ ފަހަތަށް ފައިބައިގެން ކުޅެމުންދާތަން. މިވަގުތު އިންޑިޔާއަށް ޖެހުމެއް ލިބިފައި
21:44 މުހުތާރަށް އަނިޔާވެސްގެން ކުޅުން މެދުކެނޑިފައި. އޭނާގެ ކަކުލަށް ވަނީ އަނިޔާވެފައި
21:44 މުހުތާރު ނުރައްކާތެރި ހަމަލާއެއް ދީފި. މިމެޗްގައި ރާއްޖޭގެ ތޯރިގު ރަނގަޅު ކުޅުމެއް ދައްކަމުންދޭ.
21:42 އިންޑިޔާގެ ހަމަލާތައް ގާތްގާތްތުގައި ދެމުން އެބަދޭ. ޗެތުރީގެ ނުރައްކާތެރި ހަމަލާއެއް ދެންމެވެސް ދީފި. ސްޓީވަން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައި އިންޑިޔާގެ ކޮމްބިނޭޝަން ފެންނީ ވަރަށް ރަނގަޅަށް.
21:40 ރާއްޖޭގެ ސަޕޯޓަރުން ދަނީ ކެނޑިނޭޅި ސަޕޯޓް ކުރަމުން.
21:39 ރާއްޖެގެ ދަގަނޑޭ ވޯމްއަޕް ކުރަމުން އެބަދޭ. މިވަގުތު ރާއްޖެއަށް ޖެހުމެއް ލިބިފައި. ފޮނުވާލަނީ އުމައިރު
21:38 އިންޑިޔާ ކުޅުންތެރިން މަތިން ނަގާ ކޮންމެ ބޯޅައެއް އިންޑިޔާ ކުޅުންތެރިން ކާމިޔާބު ކުރޭ. އިންޑިޔާ ކުޅުންތެރިޔަކު އަކުރަމަށް ހަމަލާ ދިނުމުން ވަނީ ހިލޭ ޖެހުމެއް ލިބިފައި
21:37 އިންޑިޔާގެ ކުޅުންތެރިންގެ މެޗް ވަނީ ކޮންޓްރޯލް ކޮށްފައި. ރާއްޖޭ ކުޅުންތެެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނޭ
21:35 އިންޑިޔާގެ ސްޓީވަންގެ ފަރާތުން މޮޅު ކުޅުމެއް ދަނީ ފެންނަމުން
http://sun.mv/albums/l_1260.jpg
21:34 ތޯރިގު ނުރައްކާތެރި ބާރު ހަމަލައެއް އިންޑިޔާގެ ގޯލްކީޕަރު ދިފާއުކޮށްފި
21:32 އިންޑިޔާއިން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފި. އިންޑިޔާއިން މިހާރު ކުޅެމުންދަނީ ވަރަށް ހަމަޖެހިލައިގެން. ޓެކްނިކަލީ އިންޑިޔާ ބޮޑުތަނުން ރަނގަޅު ކަމަށް ފެނޭ. ރާއްޖެ ވަނީ ބޯޅަ ތިރިކުރުމަށް ސަމާލު ކުރަން ޖެހިފައި
21:29 އިންޑިޔާގެ ޗެތުރީގެ ހަމަލާއެއް ގޯލް މަތިން ހިނގައްޖެ
21:28 ރާއްޖޭގެ ޑިފެންޑަރުން އެތެރެއަށް ކަވަރިންއަށް ވަންނަން ޖެހޭ ކަމަށް ވަނީ ބެލެވިފައި.
21:26 އިންޑިޔާގެ ސެޓް ޕީސްތަކަށް ރާއްޖެ ވަރަށް ސަމާލް ވާންޖެހޭ. ޕްރެޝަރުގައި ރާއްޖޭގައި ރާއްޖޭގެ ކުޅުންތެރިން ހަމަނުޖެހިގެން އުޅޭތަން ފެންނަނީ. ބޯޅަ ތިރިކޮށްގެން ކުޅެން ވަނީ ސަމާލުކަން ދޭން ޖެހިފައި
http://sun.mv/albums/l_1259.jpg
21:23 އިނޑިޔާއިން ލަނޑު ޖަހައިފި. ސުނިލް ޗެތުރީ، ލަނޑު ޖެހީ އެމީހުންގެ ތިން ވަނަ ކޯނަރުގައި ބޮލުން ޖަހައި
21:22 ރާއްޖޭގައި ކުރީގައި ހުންނަނީ ތޯރިގު އެކަނި. އޭގެ ފަހަތުން ފެންނަނީ ހަތަރު މިޑްފީލްޑަރުން ކުޅޭތަން
21:21 އިންޑިޔާއަށް ޖެހުމެއް ވަނީ ލިބިފައި. ރާއްޖެއަށް ކޯނަރެއް ލިބިފައި.
21:18 އިއްސޭގެ ވަރަށް ރީތި ހުރަހެއް އިންޑިޔާގެ ގޯލް ކީޕަރު ދިފާއު ކޮށްފި
21:16 ރާއްޖޭގެ މެދުތެރެއިން ބަކާ މުހިންމު ދައުރެއް އަދާ ކުރަމުން އެބަދޭ. މަތިން އަންނަ ބޯޅަތަކަށް ކުޅެން ރާއްޖެއަށް އުނދަގުވެފައިވާކަން ފާހަގަ ކުރެވޭ
21:14 އަށް މިނެތް ކުޅުނު އިރުވެސް އިންޑިޔާއަށް އެދެވޭ ކުޅުމެއް ނުދެއްކޭ ބޮޑަށް ފެންނަނީ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅޭތަން.
21:10 މެޗްގެ ހަތަރު މިނެޓް ކުޅެފި. ދެޓީމް ވެސް ކުޅެނީ ޕްރެޝަރުގައި. އިންޑިޔާގެ ޓީމަށް ކޯނަރެއް ލިބިއްޖެ
21:09 ދެޓީމް ވެސް ކުޅެމުން ދަނީ ހަމަލާއަށް އިސްކަން ދީގެން
21:08 މުހުތާރު އިންޑިއާ ޓީމަށް ނުރައްކާ ކުރަމުން އެބަދޭ. ތޯރިގު ރަނގަޅު ފުރުސަތެއް ޓޫކިލޯއަށް ތަނަވަސްކޮށްދިން
21:04 ރާއްޖެ ކުޅުންތެރިން މަޖީދީ މަގާވީ ކޮޅުގައި. މެޗް ފަށައިފި
21:09 މެޗު ފަށަން ދެޓީމް ވެސް ތައްޔާރު ވެއްޖެ . މިރޭގެ ރެފްރީއަކީ އަލީ ސަލީމް . ދެ ޓީމްގެ ގުރޫޕް ފޮޓޯ ނަގަނީ.
20:56 މެޗް ބައްލަވަން ރައީސް ވަޑައިގެންފި. މިހާރު ދެ ޓީމްގެ ގައުމީ ސަލާމް ކުޅެނީ
20:56 މެޗް ބެލުމަށްޓަކައި އިރާންގެ ޕޯޗްގީޒް ކޯޗު ކާލޯސް ކްއިރޯޒް ދަނޑުގައި އެބައިން. އޭނާ ބުނެފައި ވަނީ ރާއްޖެއާ ކުޅެ ބަލިވެގެން އޭނާގެ ވަޒީފާ ގެއްލެން ބޭނުން ނުވާ ކަމަށް. މެޗު ބެލުމަށް ވަރަށް ގިނަ ބަޔަކު ދަނޑަށް ވަދެ އެބަތިބި
20:54 މެޗްގެ ޝަރަފުވެރި މެހުމާނަކީ ނައިބު ރައީސް، އިންޑިޔާ އާއި ރާއްޖެ މިހާތަނަށް 14 ފަހަރު ބައްދަލުކޮށް 4 ފަހަރު ރާއްޖެ ވަނީ މޮޅުވެފައި އިންޑިޔާއާއި ރާއްޖެ ވެފައިވަނީ ފުޓްބޯޅައިގައި ސަރަހައްދުގެ ދެ ވާދަވެރިންގެ ގޮތުގައި
20:40 މިހާރު ރާއްޖޭގެ ކުޅުންތެރި ދަނީ މެޗަށް ތައްޔާރުވާން ވޯމް އަޕް ކުރަމުން ރާޖޭ ޓީމް ކުޅެނީ ރަތް ކުލައިގެ ޖޯޒީގައި. އިންޑިޔާ ނޫޖޯޒީގައި
http://sun.mv/albums/l_1258.jpg
ރާއްޖޭގެ ފުރަތަމަ އެގާރަ:
4. މުހައްމަދު އުމެއިރު
5. އިބްރާހިމް ފަޒީލް )އޮއްޕޮ(
6. މުހައްމަދު އާރިފް )ބަކާ(
8. މުހައްމަދު ޖަމީލު
9. އަހުމަދު ތާރިގް )ޓޮމް(
11. ޝަމްވީލް ގާސިމް )ބޮންޑާ(
16: އިސްމާއިލް މުހައްމަދު )އިއްސޭ(
19. އަކްރަމް އަބްދުލް ގަނީ
23. މުހުތާރު ނަސީރު )ޓޫކިލޯ(
25. އިމްރާން މުހައްމަދު - ގޯލްކީޕަރު، )ކެޕްޓަން(
27. ސޮބާހް މުހައްމަދު އިބްރާހިމް
އިންޑިޔާގެ ފުރަތަމަ އެގާރަ:
1. ސުބްރަތާ ޕޯލް - ގޯލްކީޕަރު
2. ޑެބަބްރަތާ ރޯއީ
3. ރާޖޫ ގައިކްވަދު
8. ކްލައިމެކްސް ލޯރެންސް
10. ޖޭޖޭ ލަލްޕެކުލަ
11. ސުނިލް ޗެތުރީ )ކެޕްޓަން(
16. ސާމިރު ނައިކް
19. ގުރަމަންޖީ ސިންގު
22. ސަޔެދު ނަބީ
23. ސްޓީވަން ޑިއާސް
30. މެހެތާބު
އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. އަދި އިންޑިއާ ޓީމް ވެސް ވަނީ މި މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންޑިއާ ނުކުންނަން ޖެހެނީ ޔޫއޭއީއާ ދެކޮޅަށެވެ.
އިންޑިއާއި ދެކޮޅަށް ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ފަހު ސަރަހައްދީ ފުޓްބޯޅައިގައި ވާދަވެރި ދެ ގައުމު ކުރިމަތިލާ ފުރަތަމަ މެޗެވެ. އެގޮތުން ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ތަށި ދިފާއުކުރުމަށް ރާއްޖެ ކުރަމުންދިޔަ އުންމީދުތައް އިންޑިއާ ފުނޑުފުނޑުކޮށްލީ ޕެނަލްޓީ ޖަހައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މުބާރާތުގައި ވާދަކުރި އިންޑިއާގެ ގައުމީ ޓީމުގައި އެ ގައުމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނުކުޅެ އެވެ. އަދި މިރޭގެ މެޗްގައި ވެސް އިދިކޮޅު އިންޑިއާ ޓީމްގައި ގިނައީ ޒުވާން ކުޅުން ތެރިން ކަންފާހަގަ ކޮށްލެވެއެވެ.
ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން 1-0 އިން މޮޅުވެ، ރާއްޖެ ވަނީ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. އެ އަހަރުގެ މުބާރާތުގައި މާލޭގައި ކުޅުނު ގުރޫޕް ސްޓޭޖުގެ މެޗުގައި ރާއްޖެ އަތުން އިންޑިއާ މޮޅުވީ 1-0 ލަނޑުން ނެވެ.
މިރޭގެ މެޗަށް ދިވެހި ޓީމް ނުކުތް އިރު، ޓީމް ވަނީ ފާއިތުވި ދެއަހަރު ދުވަހަށް ވުރެ ތަފާތު ވެފައެވެ. އެގޮތުން ޓީމްގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފް ވަނީ ބަދަލުވެފަ އެވެ. އަދި މިރޭގެ މެޗަށް ޓީމް ދަނޑަށް މިނިކުތީ ރަނގަޅު ކާމިޔާބީ އެއް ހޯދުމުގެ އަޒުމުގަ އެވެ.
ކުޑކުކުޑ