10 May 2017, 15:44
އެސްޓީއޯ ޓްރޭޑް ސެންޓަރުގެ މެދުގައިވާ ހުސްބައި ތަރައްގީކޮށް ފާސްފުޑް ވިއްކާ ތަނެއް ހިންގުމަށް ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
މިއީ އެތަނުގައި ފާސްފުޑް ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކުރި ދެވަނަ ފަހަރެވެ. އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމަސައްކަތް ކުރުމަށް ކުރިން ބިޑަށް ހުޅުވާލުމުން ޝަރުތު ފުރިހަމަވާ ބިޑެއް ލިބިފައިނުވާތީ އަލުން އިއުލާން ކުރީ ކަމަށެވެ.
އެތަން ދިނުމަށް ހަމަޖައްސާފައި ވަނީ ކުއްޔަށެވެ. އަދި އެތަނުގައި ތަރައްގީކޮށް ކެފޭއެއް ނުވަތަ ފާސްޓްފުޑް ވިޔަފާރިއެއް ހިންގުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ 10:45 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރަށް ޙާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މިމަހުގެ 24 ވާ ބުދަ ދުވަހުގެ 14:00 އަށް އެސްޓީއޯ ޕލކގެ ހެޑްއޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ކުންފުނިން ވަނީ އެދިފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން ބިޑު ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޚާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
މީގެ ކުރިން ވެސް އެތަނުގައި ކެފޭއެއް ހިންގި އެވެ. ނަމަވެސް ފަހުން އެތަން ވަނީ ބަންދުކޮށްފަ އެވެ.