އުރީދޫ މޯލްޑިވްސްގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ދަނީ އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) ކުރިޔަށް ގެންދަމުންނެވެ.

އުރީދޫގެ އައިޕީއޯގެ ބޭންކަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ބީއެމްއެލް ހެޑް އޮފީުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެކަމުގެ އެމްއޯޔޫގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ވަނީ އުރީދޫ މޯލްޑިވްސްއަށް ތައުރީފުކުރައްވައި، އުރީދޫގެ ކުރިއެރުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އުރީދޫގެ އައިޕީއޯއަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިވެދިނުމުގައި ދެމިތިބޭނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އުރީދޫގެ އައިޕީއޯގެ ދަށުން ހިއްސާ ވިއްކުމަށް ބީއެމްއެލް، ޕޭމެންޓް ގޭޓްވޭއެއްގެ ގޮތުގައި ހަމަޖެހޭނެއެވެ. މީގެ އިތުރުން އައިޕީއޯގެ ކަލެކްޝަން އެކައުންޓެއްވެސް ހަމަޖައްސާނެއެވެ.

އުރީދޫގެ އައިޕީއޯ، މިހިނގާ މެއި މަހުގެ 29 އާ ހަމައަށް ކުރިޔަށް ދާނެއެވެ.

އުރީދޫ މޯލްޑިވްސްއަށް އިއްޔެ ވަނީ ވެސް ލިިބިފައެވެ.