10 Jul 2011, 17:14
އަންހެނުންގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ މުބާރާތް ބާއްވާ ޖަރުމަން ބަލިކޮށް، ސެމީ ފަނަލްގެ ޖާގައެއް ޖަޕާނުން ހޯދައިފި އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން އަތުން ޖަޕާން މޮޅުވީ މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު އިތުރު މިނެޓުގެ ވަގުތުގަ އެވެ. މެޗްގައި ޖަޕާނުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަރީނާ މަރުޔާމާ އެވެ.
މީގެ އިތުރުން މިމުބާރާތުގައި ރޭ ކުޅުނު ކުއާޓާފައިނަލްގެ ދެ ވަނަ މެޗް ކާމިޔާބުކޮށް ފްރާންސް ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ފްރާންސް ސެމީ ފައިނަލުން ޖާގަ ހޯދީ 4-3 ލަނޑުން އިންޑްލެން މައްޗަށް ކުރި ހޯދައިގެންނެވެ.
ޖަޕާނާއި ފްރާންސް ސެމީފަނަލުން ޖާގަ ހޯދާފައިވާއިރު، ސެމީ ގައި އެދެ ޓީމް ބައްދަލުކުރަން ޖެހޭ ޓީމްތައް ކަށަވާރު ވާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ މެޗްތަކަށްފަހު އެވެ. އެގޮތުން ސެމީގައި ޖަޕާނާ ދެކޮޅަށް ނުކުންނާނީ އޮސްޓްރޭލިއާ ނުވަތަ ސްވިޑަން އެވެ. އަދި ސެމީގައި ފްރާންސް ނުކުންނާނީ ބްރެޒިލް ނުވަތަ އެމެރިކާއާ ދެކޮޅަށެވެ.
މިމުބާރާތުގެ ކުއާޓާފައިނަލްގައި މިއަދު ގުރޫޕް ސީ ގެ އެއްވަނަ ސްވިޑްން ބައްދަލު ކުރާނީ ގުރޫޕް ޑީ ގެ ދެ ވަނަ ޓީމް އޮސްޓްރޭލިޔާ އާ އެވެ. އަދި މާދަމާ ރޭ ރާއްޖޭ ގަޑިން ރޭގަނޑު 8:30 ގައި ގުރޫޕް ޑީގެ އެއްވަނަ ބްރެޒިލް ނިކުންނާނީ ގުރޫޕް ސީ ގެ ދެވަނަ ޓީމް އެމެރިކާ އާދެކޮޅަށެވެ.