09 May 2017, 12:25
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އަތުން 3-0 ލަނޑުން ބަލިވެ މިޑްލްސްބަރާ ރެލިގޭޓްވި އިރު، ލީގު ކާމިޔާބުކުރުމަށް އެންމެ މެޗަކާ ގާތަށް ޗެލްސީ ޖެހިލައިފިއެވެ.
ލީގު ޓްރޮފީ ކަށަވަރުކުރުމަށް ޗެލްސީއަށް ބާކީ އެންމެ ތިން ޕޮއިންޓް ބޭނުންވާއިރު، ރޭ ސްޓެމްފޮޑް ބްރިޖްގައި މިޑްލްބަރާ ކޮޅަށް ލަނޑުތައް ޖަހައިދިނީ، ޑިއެގޯ ކޮސްޓާ އާއި މާކޮސް އެލަންސޯގެ އިތުރުން ނަމެންޔާ މަޓިޗެވެ.
ރޭގެ ކާމިޔާބީއާއެކު ޗެލްސީން މިވަނީ، މިޑްލްސްބަރާއާ ދެކޮޅަށް ކުޅެ، ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހަތް މެޗުން މޮޅުވެފައެވެ.
އަންނަ ހުކުރު ދުވަހު ވެސްޓްބްރޮމްއާ ދެކޮޅަށް ޗެލްސީ ކުޅޭ ލީގު މެޗު ކާމިޔާބުކުރެވިއްޖެ ނަމަ، އެންޓޯނިއޯ ކޮންޓޭގެ ޓީމަށް މިސީޒަންގެ ޕްރިމިއަރ ލީގު ޔަގީން ކުރެވޭނެއެވެ.
ޗެލްސީން ޓްރޮފީ ހޯދުމާ ގާތަށް ޖެހިލި ނަމަވެސް ޕްރިމިއަރ ލީގުގައި އެންމެ އަހަރެއް ހޭދަކުރުމަށް ފަހު، ބޮރޯއަށް މިވަނީ އަލުން ޗެމްޕިއަންޝިޕާ ކުރިމަތިލާން ޖެހިފައެވެ.