ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހަށް ހާއްސަ އިނާޔަތެއް ދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް ނިންމެވުމާ ގުޅިގެން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ބެހުމަށް ނިންމާފައިވާ، 2.4 މިލިއަން ރުފިޔާގެ ތަކެތި ބަހަން ފަށައިފި އެވެ.

ބަހަމުންދާ ތަކެއްޗަކީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އާއި އެ ސޮސައިޓީ ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބެހުމަށް ނިންމާފައިވާ 2.4 މިލިއަން ރުފިޔާގެ ތަކެއްޗި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިއަދުން ފެށިގެން މިމަހުގެ 25ގެ ނިޔަލަށް ފުލުހުންނަށް އެ ތަކެތި ދޫކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އަކީ ފުލުހުންނާއި ޝަރަފްވެރިކަމާ އެކު ފުލުހުންގެ މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާ ވެފައިވާ އެންމެހާ ފަރާތްތަކުގެ، ކަންކަމާއި އިޖްތިމާއީ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރު އުފައްދާފައިވާ ސޮސައިޓީއެކެވެ.

މި އަހަރު ފުލުހުންނަށް ރޯދަ އިނާޔަތުގެ ގޮތުގައިދޭ ތަކެތި ބަހަން ފަށާފައިވާ އިރު މިދިޔަ އަހަރުގެ ރޯދަމަހު ވެސް އެ ސޮސައިޓީން ވަނީ ފުލުހުންގެ ކޮންމެ މުވައްޒަފަކަށް އިނާޔަތުގެ ތަކެތި ދީފަ އެވެ.