މިއަހަރުގެ ރޯދަމަހާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ އެއާލައިނުގެ އެތެރޭގެ އުދުހުންތަކުގެ އަގު 40 ޕަސެންޓަށް ހެޔޮކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން 20 ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރުމަށް ބޭނުންވާނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ކުރިން ޓިކެޓް ނަގަން ޖެހެ އެވެ.

އެތެރޭގެ އުދުހުންތަކަށް 40 ޕަސެންޓު ޑިސްކައުންޓު ލިބޭނީ ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ފަރާތްތަކަށެވެ.

ޑިސްކައުންޓާއެކު އެތެރޭގެ އުދުހުންތަކުގެ އަގުތައް:

  • މާލެ - ތިމަރަފުށި ދެކޮޅު ޓިކެޓު: 1555 ރުފިޔާ

  • މާލެ - ކައްދޫ ދެކޮޅު ޓިކެޓު: 1555 ރުފިޔާ
  • މާލެ - ކޫއްޑޫ ދެކޮޅު ޓިކެޓު: 1599 ރުފިޔާ
  • މާލެ - ކާޑެއްދޫ ދެކޮޅު ޓިކެޓު: 1599 ރުފިޔާ
  • މާލެ - ފުވައްމުލައް ދެކޮޅު ޓިކެޓު: 1666 ރުފިޔާ
  • މާލެ - ގަން ދެކޮޅު ޓިކެޓު: 1666 ރުފިޔާ
  • މާލެ - ހަނިމާދޫ ދެކޮޅު ޓިކެޓު: 1555 ރުފިޔާ
  • މާލެ - އިފުރު ދެކޮޅު ޓިކެޓު: 1444 ރުފިޔާ
  • މާލެ - ދަރަވަންދޫ ދެކޮޅު ޓިކެޓު: 1111 ރުފިޔާ

ރޯދަމަހަށް ޚާއްސަކޮށްގެން 40 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަނުން ފެށި އިރު، އެއެއާލައިނުގެ އުދުހުންތަކުގެ ފްރެކުއެންސީ އިތުރު ކުރުމަށް މިއަހަރުގެ ތެރޭގައި އިތުރު ދެ ބޯޓު ގެންނަން ވަނީ ހަމަޖައްސާފައެވެ. އެ ދެ ބޯޓުވެސް ބޭނުން ކުރާނީ އެތެރޭގެ އުދުހުންތަކަށެވެ.