ނ. ވެލިދޫ އިން އުމުރުން 35 އަހަރުގެ މީހަކު މަސްތުވާ ތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާ ހައްޔަރު ކޮށްފައި ވަނީ އާންމުންގެ މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު ކަމަށެވެ.

އަދި ބުނީ އެމީހާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެއިން ކަމަށާއި ހައްޔަރުކޮށް އެމީހާގެ ހަށިގަނޑު ބަލައި ފާސް ކުރިއިރު މަސްތުވާ ތަކެތި ހިމެނޭ ހަތް ޕެކެޓް ފެނިފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ.