08 May 2017, 11:25
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިއަދު މެންދުރުފަހު ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށަން،" އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ އަދި އިލެކްޝަނުން އިއުލާން ނުކުރާއިރު ތަފާތު މީޑިއާތަކުގައި ތަފާތު ތަފާސް ހިސާބްތައް ބޭނުންކުރަމުން އަންނައިރު ހަގީގީ ނަތީޖާއާއި މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
މިފަހަރުގެ އިންތިހާބް ބާއްވާފައިވަނީ ހަތަރު ފަހަރެއްގެ މަތިން ފަސް ކުރުމަށްފަހުއެވެ.
މިފަހަރުގެ އިންތިހާބުގައި 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. ކައުންސިލް އިންތިހާބުގައި 1483 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު ކުރާނީ 664 ކެންޑިޑޭޓުންނެވެ.