10 Jul 2011, 13:51
"ތާޒާ" ފެން އަރުވައިގެން ދަތުރުކުކުރި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް )އައިބީއެމް( ފެން ލޮރީއަކުން ފޮރޮޅާލި ފެން ކޭސްތަކެއް ވެއްޓި ބޮޑު ރަސްގެފާން މަގުގައި ހުންނަ ފޮތިވިއްކާ "ކަލަޓެކްސް" ފިހާރައިގެ ބިލްލޫރިގަނޑު ތަޅައިގެން ހިގައްޖެ އެވެ. އެ ހާދިސާގައި ފެންކޭސްތަކާއެކު ލޮރީގެ ފަހަތު ބައިގައި އިން ބިދޭސީއަކު ވެސް ވެއްޓުނެވެ.
މި ހާދިސާގާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މިއަދު މެންދުރު 12:00 ޖަހައި އެހާކަންހާއިރު، ހިނގި ހާދިސާގެ މަންޒަރު ދުށް މީހުން ބުނީ ލޮރީން ވެއްޓުނު ފެންކޭސްތަކާއި ބިދޭސީ މީހާ ޖެހި ފިހާރައިގެ ބިއްލޫރިތައް ތެޅުނީ މެންދުރު ނަމާދަށް ބަންދު ކޮށްފައި ހުއްޓާ ކަމަށެވެ. ލޮރީގައި ފެން ކޭސްތައް ޖަހާފައި ހުރި ގޮތުން، ފެންކޭސްތައް ފޮރޮޅައިލީ މަގު އަޑި ގުޑަން ވެފައި އޮތުމުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ފެން ކޭސްތައް ވެއްޓުނު ގަޑީގައި މަގުމަތިން ދިޔައ މީހެއްގެ ފައިގައި ވެސް ފެން ކޭހަކުން ޖެހުނު ކަމަށް ވެއެވެ. ސަންއަށް އިން އެ ސަރަހައްދަށް ދިޔައިރު ފުލުހުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.