10 Jul 2011, 13:26
ޓޯކިޔޯ: ޖަޕާނުގެ އިރުއުތުރުގެ ކަނޑުގެ އަޑިއަށް މިއަދު ހެނދުނުއައި ބާރުގަދަ ބިންހެލުމާގުޅިގެން ސުނާމީ ރާޅެއް ޖަޕާނުގެ އިރު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އިވާތީ ގެ އައްސޭރިފަށަށް އަރައިފިއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާ ބުނިގޮތުގައި މިއީ އުސްމިނުގައި 10 ސެންޓިމީޓަރުހުރި ވަރަށް ކުޑަ ސުނާމީއެކެވެ. މިއަދު ހެނދުނު ޖަޕާނަށް ބިންހެލުން އައިސްފައިވަނީ އެޤައުމުގެ ގަޑިން 9:45 ގައެވެ. ސުނާމީ ރާޅުއައީ އޭގެ އެއްގަޑީއިރު ފަހުން 10:45 ގައެވެ.
އެމެރިކާގެ ޖިޔޮލޮޖިކަލް ސަރވޭ ބުނިގޮތުގައި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި ޖަޕާނުގެ އިރު އުތުރު ކަނޑުގެ އަޑިން 10 ކިލޯމީޓަރު ފުނަށެވެ. މިބިންހެލުމުގެ ލޮޅުން ވެރިރަށް ޓޯކިޔޯއަށާއި ޖަޕާނުގެ ބައެއް ރަށްތަކަށް އެރިކަމަށް އެޤައުމުގެ ޓީވީ ބުނެއެވެ.
މިއަދު ހެނދުނު އައި ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އިރުއުތުރުގައިވާ ފުކިޝީމާ ނިއުކްލިޔަރ އެކުވެނި ކުއްލިގޮތަކަށް ބަންދުކޮށް އެތާނގައި މަސައްކަތްކުރާ ފަންނީ ޓީމްވެސް ރައްކާތެރި ތަނަކަށް ގެންދިޔައެވެ. ނަމަވެސް މި ބިންހެލުމުގެ ސަބަބުން ޖަޕާނަށް އެއްވެސް ގެއްލުމެއް ލިބުނުކަން އަދި އެނގިފައެއް ނުވެއެވެ. -- ރޮއިޓާސް