ރޭގެ ވަގުތެއްގައި މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ރޭގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގަން އުޅުނުކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ މީޑއާ އޮފިޝަލް ސަން އަށް ބުންޏެވެ.

ފުލުހުން ބުނީ އެ ހަމަލާގައި ޒަހަމްވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށާއި އަދި މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޔެވެ.