07 May 2017, 08:36
ގިނަ ދުވަސްތަކަކަށް ފަހު މެގަސްޓަރ އަމީތާބް ބައްޗަން އާއި ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރު ފިލްމެއްގައި އެކުގައި މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.
އެކަން ހާމަކޮށްފައި ވަނީ ރިޝީ ކަޕޫރު ކުރި ޓުވީޓެއްގަ އެވެ. އަމީތާބްގެ ފޮޓޯ އަކާ އެކު ރިޝީ ކުރި ޓުވީޓުގައި ބުނެފައި ވަނީ އަމީތާބް އާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް ބޮޑު ފަޚުރަކާއި އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
އަމީތާބާއި ރިޝީ އެކުގައި ފެނިގެންދާނީ ކޮން ޑައިރެކްޓަރެއްގެ ކޮން ފިލްމަކުން ކަން ހާމަކޮށްފައެއް ނުވެ އެވެ. ރިޝީ ބުނެފައި ވަނީ މިހާރު ފިލްމުގެ ޓީމާއި އެކު ސްކްރިޕްޓު ކިޔަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.
އަމީތާބް އާއި ރިޝީ ވަނީ 'ނަސީބް'، 'ކަބީ ކަބީ' އަދި 'އަމަރް އަކްބަރް އެންތަނީ' ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.
އަމީތާބް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރާމް ގޯޕާލް ވަރްމާގެ ފިލްމު 'ސަރްކާރް 3' އިންނެވެ. އެ ފިލްމުގައި މަނޯޖް ބާޖްޕާއީ، ޖެކީ ޝްރޯފް، އަމިތު ސަދް އަދި ޔާމީ ގޯތަމް ވެސް މުހިންމު ރޯލު ތަކުން ފެނިގެންދާނެ އެވެ.
އޭގެ އިތުރުން އަމީތާބް އަންނަނީ އާމިރު ޚާން އާއެކު 'ތަގްސް އޮފް ހިންދުސްތާން' ގެ ޝޫޓިންގ ފެށުމަށް ވެސް ތައްޔާރު ވަމުންނެވެ.