06 May 2017, 16:10
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ދީފައިވާ ވަގުތު މިއަދު އިރުއޮއްސި ހައެއް ޖަހަންދެން އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މީގެ ކުރިން ވޯޓު ފޮށިތައް ބަންދު ކުރާ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަވީރު ހަތަރެކެވެ. ނަމަވެސް އެވަގުތަށް ބަދަލު ގެނެސް މިއަދު ހައެއް ޖަހަންދެން ހުރިހާ ފޮއްޓަކަށް ވެސް ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މިއަދު ހެނދުނު އަށެއް ޖެހި އިރު ވޯޓު ލުން ނުފެށޭ ތަންތަނުގައި ހުރި ވޯޓު ފޮށިތައް ބަންދު ކުރާނީ މިރޭ އަށެއް ޖަހާއިރު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.