ހުޅުމާލޭގައި އެކްސިޑެންްޓެއް ހިނގައި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:40 ގައި ކަމަށާއި އެކްސިޑެންޓް ހިނގީ ސެންޓްރަލް ޕާކް ކައިރިން ހުވަދާމާ ހިނގުމުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރުގެ ކުރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.

އަދި އެ އެކްސިޑެންޓް އިތުރަށް ތަހުގީގް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.