ހެންވެރު އަލިމަސް ކާނިވާ ސަރަހައްދުގައި ބަންގުލްދޭޝްގެ މީހަކަށް ހަމަލާދީ އޭނާގެ ބޯ ފަޅާލައިފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު ވިދާޅުވީ ބިދޭސީ މީހާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެއްޗަކުން ޖަހައި އެމީހާގެ ބޯ ފަޅައިލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފުސީލެއް ނެއް ކަމަށެވެ.

"ބޮޑަށް ބެލެވެނީ ލަޓިބުރިއަކުން ޖެހީ ކަމަށް. ވަޅި ހަރާލާފައެއް ނޫން ހުރީއަކީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރި މާލޭ އާޓިފިޝަލް ބީޗުގައި ވެސް ބިދޭސިއަކަށް ލަކުޑި ބުރިއަކުން ހަމަލާދީ ޒަހަމް ކޮށްލުމަށް ފަހު ފައިސާތައް ފޭރިގެންފައި ވެއެވެ.