10 Jul 2011, 10:51
ސިފައިން ހިއްސާވާ ކުންފުނި "ސިފައިން ކޯޕަރޭޓިވް" )ސިފްކޯ( އާއި ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ގުޅިގެން، އާއިލީ ހަވީރެއް ބާއްވައިފި އެވެ.
ސިފްކޯ ސީއީއޯ ލެފްޓިނެންޓް އަހުމަދު ޒުބައިރު ވިދާޅުވީ، އިއްޔެ ބޭއްވި ހަވީރެއް ބޭއްވީ ސިފްކީ ސިފައިންނަށް ވަރަށް ބޮޑަށް ހުޅުވާލައި ސިފައިންގެ އާއިލާތަކަށް ފަސޭހައިން ސިފްކޯގެ ފިހާރަތަކުން ބަޒާރުގެ އަގުތަކަށް ވުރެން ހެޔޮއަގުގައި މީހުންނަށް ތަކެތި ލިބޭނެގޮތް ހައިދިނުމަށް ކަމަށެވެ.
ރައްޖޭގެ އެކި ވިޔަފާރި ކުންފުނިތަކާއި އެކު އެގްރީމެންޓްތައް ހަދައި އެކުންފުނި ތަކުން ރާއްޖެ އެތެރެކޮށް ވިއްކާ މުދާ ބާޒާރު އަގުތަކަށް ވުރެން ހެޔޮ އަގުގައި ސިފައިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށާއި އިއްޔެ ބޭއްވި ހަވީރުގައި އެކަންތައް ޕްރޮމޯޓް ކުރެވިފައި ވާނެ ކަމަށް ވެސް ޒުބައިރު ވިދާޅުވި އެވެ.
ސިފައިންގެ ހަވީރުގައި އަލިފާނުން ރައްކާތެރި ވާނެ ގޮތުގެ ހަރަކާތް ތަކެއް ވެސް ހިންގި އެވެ. އެއީ ކުރިއަށް އޮތް ރޯދަ މަހަކީ ބަދިގޭގައި ގިނަ ބަޔަކު އުޅޭނެ ދުވަސްވަރަކަށްވާތީ ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ގޮތްތަކާއި، ކަރަންޓްގެ ސަބަބުން ދިމާވެދާނެ އަލިފާނުގެ ހާދިސާ އަކުން ރައްކާތެރި ވުމަށް ކަމަށް ވެސް ބުންޏެވެ.