10 Jul 2011, 09:20
ގ. ފީރޯޒް ލޮޖްގެ ފަސް ވަނަ ފަންގިފިލާގައި ޑޮނާޑް ގާމެންޓްގެ ބިދޭސީ މުވައްޒަފުން ތިބޭ ބައިގާ މިއަދު ހެނދުނު އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ. މި ހާދިސާގައި އެގޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މަންޒަރު ދުށް މީހުން ބުނީ އަލިފާން ރޯވި ވަގުތު އެގޭގައި ތިބި މީހުން ސަލާމަތްވީ ވަލާއި އެހެނިހެން އާލާތް ބޭނުންކޮށް ފުންމާލައިގެން ކަމަށެވެ.
~
އެމްއެންޑީއެފްއެގެ ފަޔާ އެންޑް ރެސްކިއު އިން ބުނީ އެ އިމާރާތުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9.35 އެހާކަން ހާއިރު ކަމަށާއި އަލިފާން ރޯވި ބައިގައި ހުރީ ބަންކް ބެޑާއި ބިދޭސީން އެތަނުގައި ތިބި ގެންގުޅޭ ތަކެތި ކަމަށެވެ. އެތެރޭގައި ގިނަ އަދަދެއްގެ ބަންކް ބެޑް ޖަހާފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތަށް ދަތިވި ކަމަށް ވެސް ސިފައިން ބުންޏެވެ.
ޑޮނާޑް ގާމެންޓްގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ބައެއްވެސް ހުންނަ ފީރޯޒް ލޮޖްގައި ރޯވި އަލިފާންގަނޑު ސިފައިން ވަނީ މިއަދު ވަރަށް އަވަހަށް ކޮންޓްރޯލް ކޮށްފައެވެ. އެހާ ފަސޭހައިން އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ އެގެއާ ވަރަށް ކައިރިއަށް އަލިފާން ނިއްވާ އެންމެ ބޮޑު އުޅަނދު ގެނެވެން އޮތުމާއި ކައިރިން ފެން ލިބެން ހުރުމުން ކަމަށް ވެސް ސިފައިން މިއަދު ބުންޏެވެ.
ޑޮނާޑްގެ ވެރިޔާ އާދަމްފުޅު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މާލީ ގޮތުން ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއް އަދި އަންދާޒާ ނުކުރެވޭ ކަމަށާއި އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައި އޮތުމުން ތަނުގެ އެތެރެއަށް ވަދެވޭ ގޮތް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފޮތި ގުދަނެއްވެސް އެތާ ހުންނާނެ، ދެ ތަނަށް ނުވަދެވޭތީ ލިބުން ގެއްލުމެއް އަދި ދަންނަވާކަށް ނޭނގޭ،" ކ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބައްޕަ، އާދަމް ފުޅު ވިދާޅުވި އެވެ.
----
ގ. ފީރޯޒްލޮޖް ގޭގައި ހުންނަ ޑޮނާޑް ގާމެންޓް އިންޑަސްޓްރީގެ މުވައްޒަފުންތިބޭ އެކަމަޑޭޝަން ބްލޮކުގައި މިއަދު ހެނދުނު ރޯވި އަލިފާން، ސިފައިން ނިއްވާލައިފި އެވެ. ސިފައިން ބުނީ އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.
ފީރޯޒް ލޮޖްގައި މިއަދު ހެނދުނު އަލިފާން ރޯވީ ގާތްގަނޑަކަށް 9:15 ހާއިރު ކަމަށެވެ.
ސިފައިން ބުނީ އެ ގޭގެ ފަސް ވަނަ ބުރީގައި އަލިފާން ރޯވި ހަބަރާއެކު ފަޔާ އެންޑް ރެސްކިޔު ސާރވިސްއިން ގޮސް 9:35 ގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުބީ އަލިފާން ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މިހާރުވެސް ފީރޯޒްލޮގް ގޭގެ ހަތަރުވަނަ ފަންގިފިލައިން ދުން އަރަމުންދާތީ، ފަޔާމަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފީރޯލޮޖަށް ވަދެ ސިފައިން ބެލުމަށްފަހު މިހާދިސާގެ ސަބަބުން އެގެއަށް ލިބުނު ގެއްލުންތަކާއި އަލިފާން ރޯވާން ދިމާވި ސަބަބު ދަނީ ތަޙްގީގު ކުރަމުންނެވެ.
10:20 ފަސްވަނަ ބުރީގެ ގުދަނުގައި މަސައްކަތް ކުރަމުން ދިޔައީ ބިދޭސީންތަކެއް ކަމަށާއި ނަމަވެސް އެތަނުގައި އަލިފާން ރޯވި ސަބަބެއް އަދި އެމްއެންޑީއެފަކުން ނުބުނޭ. އަލިފާނުގެ ހާދިސާގައި ގުދަނަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި މީޑިއާ ހިއްސާ ނުކުރޭ.
9:49 މިހާރު ވެސް ދުން އަރަމުން އެބަދޭ. އެކަމަކު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް ބުނޭ. ސިފައިން މިހާރު ވެސް ހަރަކާތްތެރިވަމުންދޭ.
9:47 އަލިފާން ރޯވެފައި ވަނީ ފީރޯޒް ލޮޖްގައި ޑޮނާޑް ގާމެންޓް ފެކްޓަރީ ހިންގާ ބައިގައި ކަމަށް ވޭ
9:43 ގޭގެ ހަތް ވަނަ ބުރިން ވެސް ދުން އަރަމުންދާ ކަމަށް އެބަބުނޭ. އަދި އެބައިގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް ބުނޭ
9:34 އަލިފާން ރޯވެފައިވާ ފަސްވަނަ ބުރީގައި މީހުން ނެތް ކަމަށާއި އެއީ ގުދަނެއް ކަމަށް ވޭ.
9:27 މޭޖާ އަބްދުއް ރަހީމް ވިދާޅުވީ މީހަކަށް ގެއްލުން ވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ސިފައިންގެ މީޑީއާ ޓީމް އެސަރަހައްދަށް ދަތުރު ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ތަފުސީލު ދޭނެ ކަމަށެވެ.
"މީހަކަށް ގެއްލުން ލިބުނު މައުލާުމާތެއް އަދި ނުލިބޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
9:27 ފީރޯޒް ލޮޖުގައި އަލިފާން ނިވުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު އެގޭގެ ފަސް ވަނަ ބުރީގައި ދިރިއުޅޭ މީހުން ވަލާއި އެހެނިހެން އާލާތް ބޭނުންކޮށްގެން ވަނީ ގެ ދޫކޮށް ނުކުމެފައެވެ. އިތުރަށް ގޭގައި އަލިފާން ފެތުރިދާނެ ކަމުގެ ބިރު ނެތް ކަމަށް ސިފައިން ވަނީ ބުނެފައި
ހަޒާޝް މާޓް ގޯޅިތެރޭގައި ހުންނަ ހ. ފީރޯޒް ލޮޖުގައި އަލިފާންރޯވެ އަނދަމުން އބަދެ އެވެ. އެގޭގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވަން ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ސިގަ