04 May 2017, 13:58
ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ކަދުރުތަކާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ. ސައުދީގެ ފަރާތުން ކަދުރު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަ ސައުދީ ސަފީރުގެ ނައިބު މަތުރިކު ދޯސަރީއެވެ.
ނަމަވެސް ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ކިހިނެއް ކަމެއް އެނގޭ ގޮތެއް ނުވިއެވެ. އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޖަވާބެއް އަދި ނުލިބެއެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. މިދިޔަ އަހަރު ވެސް ސައުދީއިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކުރިއެވެ.

ސައުދީއިން ރާއްޖެއަށް މިއަދު ކަދުރު ހަދިޔާކުރަނީ