04 May 2017, 13:00
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދިބްލޮގަރުޔާމީން ރަޝީދުގެ އާއިލާއަށް އިހުތިރާމް ކުޑަވާ ގޮތަށް ފުލުހުން އަމަލު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ޔާމީން މަރާލާފައި ވަނީފުލުހުންގެ އިހުމާލުންކަމަށް ބުނެ، ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ މައްސަލާގައި ފުލުހުން ޔާމީންގެ ބައްޕައާއި ވާހަކަ ދައްކާފައި ވަނީ އިހުތިރާމް ނުކޮށް އެއްވެސް ބޮޑު ކަމަކަށް އެ މައްސަލަ ނުވާ ގޮތަކަށް ކަމަށެވެ.

ޔާމީންގެ މަރާ ގުޅިގެން މައްސަލަ ސިވިކް ކޯޓަށް ހުށަހެޅުއްވުމަށް ފަހު ސުއޫދު އަދި ޔާމީންގެ ބައްޕަ ކޯޓުން ނިކުންނަނީ --- ފޮޓޯ: ޝައުނާ
އެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "ސަން"އަށް ވިދާޅުވީ ފުލުހުން ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ވަރަށް އިހުތިރާމާއި ގަދަރާއެކު ކަމަށާއި އާއިލާގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
"އަޑު އަހަމުން ވަރަށް ޕްރޮފެޝަނަލީ ހާއްސަކޮށް ޔާމީން ފެމެލީ އާއި ކޯޑިނޭޓް ކުރަމުން ދަނީ، އަޅުގަނޑުމެން ކިޔައިދެނީ ކުރިއަށް ދާން ޖެހޭގޮތް، އެބޭފުޅުން ކުރައްވާ މަސައްކަތް ބަލައިގަންނަން،" ޝިފާން ވިދާޅުވިއެވެ.
ފުލުހުންގެ އިހުމާލުވާ ކަމަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ މީޑިއާގައި އެއްޗެއް ހާމަނުކުރަން ބޭނުން ނޫން ކަމަށާއި އެކަމަށް ކޯޓުގައި ޖަވާބުދާރީވާނެ ކަމަށެވެ.
ޔާމީން މަރާލި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ހެކިތައް ފޮރެންސިކް ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފަ އެވެ.