ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެެވެ.

އިންޔަ ދޫނިދޫގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމު ހާއްސަކޮށްފައި ވަނީ އިންތިހާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް ކަމަށް ފުލުހުން ބުންޏެވެ.

ކޮމާންޑަރުންގެ 28 އޮފިސަރަކު ބައިވެރިވެގެން ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމުގައި ތަމްރީނު ދެއްވާއިފައި ވަނީ ޕޮލިސް އެކަޑަމީގެ މުދައްރިބުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި އެ ޕްރޮގްރާމުގައި ބިޑި އާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އަމަލުކުރާ ގޮތްތަކާއި އުކުޅުތަކާއި ސެލްފް ޑިފެންސް ބައިތަކުގެ އިތުރުން ރެޕަލިން ހަރަކާތެއްވެސް އެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބުނީ ދޫނިދޫގައި އިއްޔެ ކުރިއަށް ގެންދިޔަ އެތަމްރީން ޕްރޮގްރާމަކީ ޕޮލިސް އެކަޑަމީން ތާވަލް ކޮށްގެން ކޮމިޝަންޑް އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގާ "އޮފިސާސް ޓްރެއިނިން ޑޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.