ބޭންކް އޮފް މޯލްޑިވްސްއިން ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ށ. މިލަންދުއަށް ވެސް ފުޅާކޮށްފިއެވެ.

މިލަންދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައި، އޭގެ ޚިދުމަތް ރަސްމީކޮށް ފެށީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޚިދުމަތް ފައްޓަވައިދެއްވީ ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް، ޒުލްގަރުނައިން ތަމަންއެވެ.

އެ ރަސްމިއްޔާތުގައި ޒުލްގަރުނައިން ވިދާޅުވީ، މިލަންދޫގެ ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ބީއެމްއެލްއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ބޭންކުން ބުނި ގޮތުގައި މި އޭޓީއެމުން ވެސް ފަައިސާ ނެގުމުގެ އިތުރުން ފައިސާއާއި ޗެކު ޖަމާކުރުމާއި ފައިސާ ޓްރާންސްފާކުރުމުގެ ޚިދުަމތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މިއީ ބީއެމްއެލުން ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގް ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ހިންގަމުންދާ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުން ކުރެވުނު މަސައްކަަތެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މިހާރު މުޅި ރާއްޖޭގެ ބީއެމްއެލްގެ 28 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު ހުރެއެވެ.